ޤާސިމް އިބްރާހިމް މޫސާ ޢަލީ ޖަލީލް އާއި އެއްކޮށް؛ ފޮޓޯ / ޤާސިމް އިބްރާހިމް
ހަބަރު
26 Mar 2026 | 14:47
ޤާސިމް އިބްރާހިމް މޫސާ ޢަލީ ޖަލީލަށް ތާއިދުކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހީމް ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.

ޤާސިމް ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ޚާއްޞަ ގޮތެއްގައި 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް މޫސާ ޢަލީ ޖަލީލު ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅު ޤާސިމް ފާހަގަކުރެއްވިއެވެ. އެދުވަހު ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތީ އަމިއްލަ މޭފުޅު އައްޑަނައެއްގެ ގޮތުގައި ބޭނުންކުރައްވައިގެން ކަމަށާއި، އެއީ އެމަނިކުފާނުގެ ޤައުމީ ޢަޒުމާއި އިޚްލާޞްތެރިކަން ހުރި މިންވަރު ސާބިތުކޮށްދޭ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

މޫސާ ޢަލީ ޖަލީލަކީ ދައުލަތުން އަރުވާފައިވާ "ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއް" ކަން ފާހަގަކުރައްވަމުން، ޤާސިމް ވިދާޅުވީ އެމަނިކުފާނަކީ ކޮންމެ ސަރުކާރަކުން ހަވާލުކުރެއްވި ވަޒީފާއެއްގެ ވާޖިބުވެސް ތެދުވެރިކަމާއެކު އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ކަމަށާއި، އެއީ އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވި ގޮތުގައި، މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި، އަދި ޤާބިލް އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީންވާ ކަމަށެވެ. މާލެ ސިޓީއަށް މިވަގުތު ބޭނުންވަނީ މުރާލި އަދި ދުރުވިސްނޭ މާލިމީއެއް ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

މި ހުރިހާ ސަބަބުތަކަށްޓަކައި، މާލޭގެ ރައްޔިތުންނާއި ޤާސިމްގެ ބަސް ގަބޫލުކުރައްވާ އެންމެހާ ފަރާތްތަކުން، ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 4، މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް އިބްރާހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jul 2026
ކުދި ތަދުތަކަށް ބާރުގަދަ ބޭސް ކެއުން؛ ކިޑްނީ ހަލާކުކޮށްލާ ކަމެއް
އާދަވެގެން ގިނައިން، ބާރުގަދަ ތަދުކަނޑުވާ ބޭސް ކެއުމަކީ އަހަރެމެންގެ ހަށިގަނޑަށް ޚާއްސަކޮށް ކިޑްނީއަށް ވަރަށް ނުރައްކާތެރި ކަމެކެވެ.
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ
16 Jul 2026
ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ
16 Jul 2026
އާސަންދައިގެ ހިދުމަތް ހޯދަން އިތުރު ފަސޭހައެއް
އާސަންދަ ކުންފުނިން މިފަހަރު ވަނީ ރ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާ ދެމެދުގެ ގިނަ އަތޮޅުތަކެއްގައި ކައުންޓަރުތައް ގާއިމްކޮށްފައެވެ.
16 Jul 2026
ނުގަވައިދުން އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ބުންޏެވެ
16 Jul 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ