ޗާގޯސް
ހަބަރު
28 Mar 2026 | 11:36
ޗާގޯސް މޮރިޝަސް އަށް ދިނުން ބަލައެއް ނުގަނެވޭނެ: ސަރުކާރު

ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ބަލައިނުގަންނަކަން އިނގިރޭސި ސަރުކާރަށް އަންގައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހާ ހަވާލާދީ ބީބީސީން މިއަދު ބުނެފައިވަނީ، ޗާގޯސް މައްސަލާގައި ކަންބޮޑުވުންތައް ހިއްސާކޮށް، ދެ ފަހަރެއްގެ މަތިން އިނގިރޭސި ސަރުކާރަށް ލިޔުމުން އެކަން ހިއްސާކޮށްފައިވާކަމަށެވެ. މީގެ އިތުރުން އިނގިރޭސި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއަށް ފޯނުން ގުޅުއްވައިވެސް މިކަން ވަނީ ހިއްސާކޮށްފައިވާކަމަށް ބީބީސީން ބުންޏެވެ.

ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ބުނަމުންދަނީ ޗާގޯސްއަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަން ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. އެގޮތުން މި ހައްގު ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން އިނގިރޭސި ސަރުކާރަށް ފޮނުވި ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަސްލަހަތުތަކަށް އެއްވެސް ރިއާޔަތްކުރުމެއް ނެތި، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން އިނގިރޭސިވިލާތުން މި ނިންމުން ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި މައްސަލާގައި އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ސްޓީފަން ޑޯޓީ މިދިޔަ ފެބުރުއަރީމަހު ވިދާޅުވެފައިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި ބްރިޓަން އާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށާއި، އޭގެ ތެރެއަށް ރާއްޖެ ވަންނަން ނުޖެހޭނެ ކަމަށެވެ. އިނގިރޭސި ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުތަކުން މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ނިންމާފައެވެ.

އިނގިރޭސިވިލާތުން 19 ވަނަ ގަރުނުން ފެށިގެން ކޮންޓްރޯލް ކުރަމުންދާ ޗާގޯސްގެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަމަށްޓަކައި، އެ ސަރަހައްދު މޮރިޝަސްއަށް ބަދަލުކުރުމަށް މިދިޔަ އަހަރު އެއްބަސްވުމަކަށް އާދެވުނެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު ގާތްގަނޑަކަށް 101 މިލިއަން ޕައުންޑް ކުލީގެ ގޮތުގައި މޮރިޝަސްއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމާ ދެކޮޅު ހެއްދެވުމާ ގުޅިގެން، މިހާރު މި މަރުހަލާ އޮތީ މަޑުޖެހިފައެވެ.

މީގެ އިތުރުން، ޗާގޯސްގެ ޑިއޭގޯ ގާސިއާ އަކީ މެދުއިރުމަތީގައި ކުރިއަށްދާ އޮޕަރޭޝަން އެޕިކް ފިއުރީ ފަދަ އަސްކަރީ ހަރަކާތްތަކުގައި އެމެރިކާއަށް ނުހަނު ބޭނުންތެރި، ސްޓްރެޓީޖިކް ގޮތުން މުހިންމު މަރުކަޒެކެވެ. މި ރަށަކީ ދުރު ރާސްތާއަށް އުދުހޭ B-2 ސްޓެލްތު ބޮމާ ފަދަ ބިޔަ ބޯޓުފަހަރު ބޭނުންކޮށްގެން ހަމަލާދިނުމަށް އޮތް އެންމެ ރައްކާތެރި ތަނެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކުރާ ތަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ