ސިނަމާލެ ބްރިޖާ ގުޅިގެން އޮންނަ ހައިވޭ.. ވޮއިސް ފައިލް ފޮޓޯ
ހަބަރު
28 Mar 2026 | 23:15
ރޭސިން ޓްރެކް އަޅަން ހައިވޭ ބޭރު ހިއްކުމުގެ މަސައްކަތް ފަށަނީ

މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް އެޅުމުގެ ގޮތުން ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭ ބޭރުހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މާލެ ސަރަހައްދުގައި ޒުވާނުނަށްޓަކައި ސަރުކާރުން ގާއިމްކުރުމަށް ނިންމާފައިވާ ކުޅިވަރުގެ އިންފްރާސްޓަކްޗަރ ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު މިރޭ ވަނީ ބައެއް މަޝްރޫޢުތައް ކުރިއަށްގޮސްފައިވާ ހިސާބު ސާފުކޮށްދެއްވާފައެވެ. އެގޮތުން ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު މިރޭ ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ރޭސިން ޓްރެކް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ހައިވޭ ބޭރު ހިއްކައިގެންނެވެ. ރޭސިން ޓްރެކްގެ މަސައްކަތަކީ އެމްއޭސީއެލުން ހަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ. ރައީސް ވިދާޅުވީ، މި މަސައްކަތް ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނޭކަމަށެވެ.

މި ފެށޭ ހަފްތާ ނުވަތަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެތަން ހިއްކަން ފަށާނަން. ރޭސިން އާ ޑްރިފްޓިންނާ މި ދެކުޅިވަރަށް ބޭނުންވާ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައްވެސް ކުރިއަށްގެންދެވޭގޮތަށް އެތަން ހަދާނީ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރޭސިންއަކީ ބައެއް ޒުވާނުން ވަރަށް ޝައުގުވެރިކަން ހުންނަ ކުޅިވަރެއްނަމަވެސް މާލެ ސަރަހައްދުގައި މިކަން ކުރިއަށް ގެންދާނެ ތަނެއް ނެތުމަކީ ޒުވާނުންގެ ކަންބޮޑުވުމެކެވެ. 

ހައިވޭގެ ބޭރުގައި ރޭސިން ޓްރެކެއް ގާއިމްކުރުމަށް ނިންމީ މީހުން އުޅޭ ސަރަހައްދުގައި އެފަދަ ކަންކަން ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުވާތީއެވެ. ހައިވޭ ބޭރު ހިއްކައިގެން ރޭސިން ޓްރެކެއް އެޅުމަށް ނިންމީ ރޭސިން ޓްރެކެއް އެޅުމަށް އެތަނުން އެކަށީގެންވާ ދިގުމިނެއް ލިބޭތީކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ވިދާޅުވީ ރޭސިން ޓްރެކްގެ އިތުރުން ސާފިން ސްޓޭޑިއަމެއް ތަރައްޤީކުރުމަށް ބިން ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. މީގެ އިތުރުންވެސް ޒުވާނުންނަށް ބޭނުންވާ އާކޭޑް ގޭމް ސެންޓަރާއި، ބޯލިން އެރީނާ ޤާއިމްކުރުމަށް ސްޕޯޓްސް މިނިސްތްރީއާ ބިން ހަވާލުކޮށްފައިވާކަން ރައީސް މިރޭ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.