ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަމީން ވާހަކަދައްކަވަނީ
ހަބަރު
29 Mar 2026 | 12:02
‏އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ: ވަޒީރު އަމީން

ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގ ގެ މައްސަލަ ހައްލުކުރުމަށް މިއަދު ބިންގާ އެޅުނު ޕާކިންގ ބިލްޑިންގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމާލުން ކަމަށާ، އިތުރު ހަ ޕާކިން ބިލްޑިންގ އެއްގެ މަސަައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ބެޗު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ތަރައްގީ ކުރާ 13 ބުރީގެ ޕާކިން އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.

'ނެކްސްޓް ބައި ބެޗު' (އެންއެކްސްޓީ)ގެ ނަމުގައި އަޅާ މި އިމާރާތަކީ ޕާކިން ބިލްޑިންއެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތަކާ އެކު ތަރައްގީ ކުރާ ޒަމާނީ ޕާކިން ބިލްޑިން އެއް ކަމަށް ސަރުކާރުން ބުނެއެވެ. 

އެގޮތުން މަޝްރޫޢު ނިމޭއިރު، 4 ފުރޮޅުލީ 800އަށް ވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށާ، ސައިކަލު ޕާކު ކުރާނެ 500އަށް ވުރެ ގިނަ ޖާގަ ހުންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރެފިކަށް ދަތިނުވާނެހެން މި އިމާރާތުގައި ހީލިކްސް ރޭމްޕު ހުންނާނެކަންވެސް ފާހަގަކޮށްފައިވެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ މަޝްރޫޢުގެ މަސައްކަތް ނިންމާލުން ކަމަށެވެ. 

ސަރުކާރުގެ މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތްވެސް ދިވެހި 6 ކުންފުންޏެއްގެ ދަށުން ވަރަށް އަވަހަށް ފެށިގެންދާނެ.

މުހައްމަދު އަމީން

މި ޕާކިންގ ބިލްޑިން ތަކުގެ ތެރެއިން، ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން އާއްމު ޚިދުމަތްދޭ ފަރާތްތަކާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި އިންސައްތައެއް ކަނޑައެޅިފައިވާ ކަމަށް އަމީން ފާހަގަކުރެއްވިއެވެ. 

އަދި ސަރުކާރުން އަޅާ ޕާކިންގ ބީލްޑިންތަކުގެ މަސައްކަތް ނިމުމުން މާލޭގެ މަގުތައް އަމާންވެ، ވެހިކަލް ރެޖިސްޓާ ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.