ސަމާހް ކޯޓަށް ގެންދަނީ — ފައިލް ފޮޓޯ: ސަން
ހަބަރު
29 Mar 2026 | 21:00
ސާޖަންޓު އާދަމް ޙަލީމް މަރާލި މައްސަލަ: ދެވަނަ ފަހަރަށް ބެލުމުންވެސް ސާބިތު

ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ޙަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުޙައްމަދު ސަމާޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން މިއަދު ހުކޮށްފި އެވެ.

ފުލުސް އޮފިސަރަށް ވަޅީން ހަމަލާދީ މަރާލީ 2012، ޖުލައި 23 ވަނަ ދުވަހުގެ ރެ އެވެ.

މި މައްސަލާގައި މުޙައްމަދު ސަމާޙުގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 29 ޖުލައި 2012 ގައެވެ. އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، އޭނާ މެރުމަށް އެކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި އެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް 30 ސެޕްޓެންބަރު 2020 ގައި ވަނީ ނިންމާފަ އެވެ.

އެ ނިންމުން ސަމާޙުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަށް ސެޕްޓެންބަރު، 23 2024 ގައި ނިންމި އެވެ.

ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މި މައްސަލާގައި ސަމާޙުގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް މިއަދު، ވަނީ ޙުކުމްކޮށްފައިވެއެވެ.

އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، ސާޖަންޓު އާދަމް ޙަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންނަ މަހުގެ ދެވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.