އާޝިޔަތު އަލައިކާގެ ބަދަހި އާއިލާ މެނިފެސްޓޯ ލޯންޗު ކުރުން
ހަބަރު
30 Mar 2026 | 12:47
އަލައިކާގެ ފަރާތުން ހުށަހަޅާ "ބަދަހި އާއިލާ" ގެ މެނިފެސްޓޯ ލޯންޗުކޮށްފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސްކަމަށް، ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ފަރާތުން ހުށަހަޅާ "ބަދަހި އާއިލާ" ގެ މެނިފެސްޓޯ ލޯންޗުކުރުމަށް "ކީއްވެ އަލައިކާ؟" ގެ ނަމުގައި ސަލްޓަންޕާކް އޮޑިޓޯރިއަމްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި އިވެންޓް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފްއެވެ. އަދި މި ރިސްމިއްޔާތުގައި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަދި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އާއި ލޯކަލް ގަވަރނަންސް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިވެންޓުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެ ކެންޑިޑޭޓުންގެ ދާއިރާތަކުން އެންމެ ގިނައިން ފާހަގަކުރެވުނު މައްސަލަތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްދެއްވިއެވެ.

މި އިވެންޓުގައި "ބަދަހި އާއިލާ" ގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ސިޔާސަތުތަކުގެ ތަފްޞީލު މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަށް ޕްރެޒެންޓޭޝަންއެއް ދެއްވުމަށްފަހު، އަލައިކާވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. މި ސިޔާސަތުތަކުގެ މަޢުލޫމާތު ތިރީގައި ގެނެސްދީފައިވާނެއެވެ.

1 – "ދިރިއުޅޭނެ ފަހި ޖަގާ"

މި ބައި ޚާއްސަކޮށްފައިވަނީ މާލެ ސިޓީގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އާއިލާތަކަށް އަމާން އަދި ހިތްފަސޭހަ މާހައުލެއް ބިނާކުރުމުގެ މައްޗަށެވެ. މި ސުރުހީގެ ދަށުން ހުށަހަޅާ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީީ:

މަގުމަތީގެ އަމާންކަންދުއްވާ އެއްޗިއްސަށްވުރެ ހިނގާބިނގާވެ އުޅޭ މީހުންނަށް އިސްކަންދޭ ގޮތަށް މަގުތަކުގެ ތަރުތީބު ބަދަލުކުރުން. މީގެ ބޭނުމަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބިރެއްނެތި މަގުމަތީގައި އުޅެވޭނެކަން ކަށަވަރުކުރުމެވެ.

ފެހި މައިޒާންތައް: ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް 10 މިނެޓުން ދެވޭހާ ގާތުގައި ޕާކުތަކާއި 'ކޮމިއުނިޓީ ގާޑަން' ތައް ގާއިމްކޮށް، މާލޭގެ ހޫނުމިން މަޑުކުރުން.

ބޯހިޔާވަހިކަމުގެ އިންސާފު: ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކާއި ސިންގަލް ޕޭރަންޓުންނަށް ހާއްސަ އިސްކަމެއްދޭ ބޯހިޔާވަހިކަމުގެ އޮނިގަނޑެއް ތައާރަފްކުރުން.ޖަމާއީ ޖާގަތައް:ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ހާއްސަ 'އިންޑޯ އިވެންޓް ހޯލް' ތަކާއި 'ޗައިލްޑް ކެއަރ' އޭރިއާތައް ހަދައި، އިޖުތިމާއީ ގުޅުން ބަދަހިކުރުން.

2 – "ފުދުންތެރިކަން އިތުރުކުރުން"

މި ބައިގެ މައިގަނޑު އަމާޒަކީ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމާއި، ޒަމާނީ މަސައްކަތުގެ މާހައުލަކަށް މުޖުތަމައު އަހުލުވެރިކުރުވުމެވެ. މި ސުރުހީގެ ދަށުން ހުށަހަޅާ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ:

އަންހެނުންގެ ކޯޕަރޭޓިވްތައް: ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި، ހިއްސާ އެކުލެވޭ ކޯޕަރޭޓިވްތައް އުފައްދައި، ރާއްޖޭގެ ބޮޑެތި ރިސޯޓް މާކެޓްތަކަށް އުފެއްދުންތައް ސަޕްލައިކުރެވޭނެ މަގުފަހިކުރުން.

ޑިޖިޓަލް ލިޓްރަސީ އާއި ކޯ-ވޯކިންގ ސްޕޭސް:އިންޓަނެޓް މެދުވެރިކޮށް އާމްދަނީ ހޯދާނެ 'ޑިޖިޓަލް' ހުނަރުތައް ދަސްކޮށްދީ، ގޭގައި މަސައްކަތްކުރަން ދަތިވާ ފަރާތްތަކަށް އަވަށްތަކުގައި ކޯ-ވޯކިންގ ސްޕޭސްތައް ގާއިމްކުރުން.

'ޕޭރަންޓް-ފްރެންޑްލީ' އޮފީސްތައް: ގާއިމްކުރެވޭ ކޯ-ވޯކިންގ ސްޕޭސްތަކުގައި ކުޑަކުދިން ބަލާނެ ރައްކާތެރި 'ޑޭކެއަރ ކޯނަރ' އެއް ހިމެނުން. މިއީ ދަރިން ބަލަން ގޭގައި ތިބެންޖެހޭ މައިންބަފައިންނަށް ލިބޭނެ ބޮޑު ލުޔެއް.

ޕްރައިވެޓް ސެކްޓަރ ޕާޓްނަރޝިޕް: އަމިއްލަ ކުންފުނިތަކާ ގުޅިގެން ކޯލް ސެންޓަރާއި ޑޭޓާ އެންޓްރީ ފަދަ މަސައްކަތްތައް ރަށްރަށުގައި ތިބެގެން ކުރެވޭނެ ގޮތަށް އައުޓްސޯސް ކުރުން.

3 – "އޯގާތެރިކަމާއެކު އަޅާލުން"

މި ބައިގެ މައިގަނޑު އަމާޒަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކަމާއެކު އަޅާލާނެ ވަރުގަދަ ނިޒާމެއް ގާއިމްކުރުމެވެ. މި ސުރުހީގެ ދަށުން ހުށަހަޅާ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ:

އިތުބާރު ހުރި ދަރިން ބެލެހެއްޓުން: ވަޒީފާއަދާކުރާ މައިންބަފައިންނަށް ހިތްހަމަޖެހުމާއެކު ވަޒީފާގައި އުޅެވޭނެހެން، ކޮލިޓީ ހިފެހެއްޓިފައިވާ 'ޗައިލްޑްކެއާ' އަދި 'އާފްޓާސްކޫލް' ޕްރޮގްރާމްތައް އަތްފޯރާ ފަށުގައި ތައާރަފްކުރުން.

އިސްރަށްވެހިންގެ ކަރާމާތް: އުމުރުން ދުވަސްވީ މީހުން މުޖުތަމައުން ބާކީވިޔަ ނުދީ، އެބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ 'އޯލްޑް އޭޖް ކެއަރ' މަރުކަޒުތައް ބިނާކުރުން.

ދެމެހެއްޓެނިވި އާންމު ސިއްޙަތު: އެނދުމަތިވެފައިވާ ބަލިމީހުންނަށް ގޭގެއަށް ޒިޔާރަތްކޮށް ފަރުވާދިނުމާއި، އާއިލާތަކުގެ ބުރަ ލުއިކޮށްދިނުމަށް 'ކެއަރ ސެންޓަރު' ތަކަށް ބަލިމީހުން ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުން.

ރައްކާތެރި ހިޔާވަހިކަން: ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ސިއްރުވެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ 'ޝެލްޓަރތައް' ހަދައި، އެމީހުން އަލުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދިނުން.

"ބަދަހި އާއިލާ" މެނިފެސްޓޯގައި ހިމެނޭ ކަންކަމަކީ މާލޭގެ ރައްޔިތުންނާ ގާތުން ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ހަގީގަތުގައިވެސް ކަންކަން ހާސިލްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތުތަކެއް ކަމަށް އަލައިކާ ވިދާޅުވިއެވެ. އަދި ބަދަހި އާއިލާގެ ސިޔާސަތުތައް ހަގީގަތަކަށް ހެދުމަށް ޕީއެންސީގެ އެންމެހައި ކެންޑިޑޭޓުންނާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށް އަލައިކާ ވިދާޅުވިއެވެ.

"ބަދަހި އާއިލާ" ގެ މެނިފެސްޓޯ އާއި މި ސިޔާސަތުތަކާ ގުޅޭ އިތުރު މައުލޫމާތު އަލައިކާގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެއެވެ. މީގެއިތުރުން، އަލައިކާ އަންނަނީ ކެމްޕެއިން ހަރަކާތްތަކާއި، އެކިއެކި މީޑިއާތައް މެދުވެރިކޮށް، މި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.