އެމް.އެން.ޔޫ އިން އިނގިރޭސިވިލާތުގެ ކިއު.އޭ.އޭ އެކްރެޑިޓޭޝަން ލިބުމާއި ގުޅިގެން ބޭއްވި ޕްރެސް ބްރީފިންގްގެ ތެރެއިން؛ ފޮޓޯ / ވޮއިސް
ހަބަރު
31 Mar 2026 | 15:48
އެމް.އެން.ޔޫ އިން އިނގިރޭސިވިލާތުގެ ކިއު.އޭ.އޭ އެކްރެޑިޓޭޝަން ކާމިޔާބުކަމާއެކު ދަމަހައްޓައިފި

އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އޭޖެންސީ ފޯ ހަޔަރ އެޑިއުކޭޝަނުން ދޭ އިންޓަރނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން ރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކާމިޔާބުކަމާއެކު ދަމަހައްޓައިފިއެވެ.

"އިންޓަރނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން" (އައި.ކިއު.އޭ) ގެ މިޑް-ސައިކަލް ރިވިއު އެމްއެންޔޫއިން ދަމަހައްޓާފައިވާއިރު، އެ ޔުނިވާސިޓީން ވަނީ 2023 ވަނަ އަހަރު ލިބުނު ބައިނަލްއަޤްވާމީ ދަރަޖަތައް ދަމަހައްޓާފައެވެ. 

ކާމިޔާބީގެ މުހިންމު ބައިތަކުގެ ތެރޭގައި:

- އެކްރެޑިޓޭޝަންގެ މުއްދަތު އިތުރުވުން: މި ރިވިއުއިން ފާސްވުމާ ގުޅިގެން، އެމް.އެން.ޔޫގެ ބައިނަލްއަޤުވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ އޮކްޓޫބަރު 2028 ގެ ނިޔަލަށް އިތުރުވެފަ

- ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތުން: މި އެކްރެޑިޓޭޝަނަކީ ޔޫރަޕުގެ މަތީ ތަޢުލީމީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ "ސްޓޭންޑަޑްސް އެންޑް ގައިޑްލައިންސް ފޯ ކޮލިޓީ އެޝުއަރެންސް އިން ދަ ޔޫރަޕިއަން ހަޔަރ އެޑިއުކޭޝަން އޭރިއާ" (އީ.އެސް.ޖީ) މިންގަނޑުތަކަށް ބިނާކޮށް ދެވޭ ދަރަޖައެކެވެ.

އެމްއެންޔޫއިން ބުނީ މި އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަށް ދެވޭ އެކްރެޑިޓޭޝަނެއް ނަމަވެސް، އެ މުއްދަތުގެ މެދުތެރެއިން ކުރިއަށްގެންދާ "މިޑް-ސައިކަލް ރިވިއު" އަކުން ފާސްވާންޖެހެއެވެ. ކިއު.އޭ.އޭ ގެ ރިވިއު ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު އެންމެ ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން، އެމް.އެން.ޔޫ އިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

މިކަމާ ގުޅޭގޮތުން ކިއު.އޭ.އޭ ގެ ހެޑް އޮފް އިންޓަރނޭޝަނަލް ކޮލިޓީ އެޝުއަރެންސް އެންޑް އެންހާންސްމަންޓް، ޕިއަރސް ވޯލް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކަމަށެވެ. 

އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ކިޔަވައިދިނުމާއި، އުނގެނުމާއި، އަދި ދިރާސާކުރުމުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު ހިފެހެއްޓުމަކީ އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ.

މިއީ ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ ބަދަލުގައި، މުޖުތަމަޢަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށާއި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރާއި، އަގުތަކާއި، އަދި ސިފަތައް ލިބިފައިވާ 'ފެންވަރު ރަނގަޅު މީހުން' ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް

ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް

މިއާއެކު އެމް.އެން.ޔޫ އިން ދަސްވެނިވާ ކޮންމެ ދަރިވަރަކަށްމެ، ފާޑުކިޔުމާއެކު ވިސްނުމާއި، އައު އީޖާދުތައް އުފެއްދުމާއި، އަޚްލާޤީ ޒިންމާދާރުކަމާއި، އިސްނެގުމާއި، އަދި ދުނިޔެއަށް ހޭލުންތެރިވުމަށް ބާރުއަޅާ 'ގްރެޖުއޭޓް އެޓްރިބިއުޓްސް' ނުވަތަ ދަސްވެނިންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ މައްޗަށް ބިނާވެފައިވާ، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެކަމުގެ ޔަޤީންކަން އޮންނާނޭ ކަމަށް ވައިސް ޗާންސެލާ ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީގެ ފެންވަރު ކަށަވަރުކުރާ ނިޒާމުތަކާއި ތަޢުލީމީ އުސޫލުތައް މެދުނުކެނޑި ހަރުދަނާކުރުމުގެ ސަބަބުން، އެމް.އެން.ޔޫ އަކީ ތަޢުލީމީ ފެންވަރުގެ އެންމެ ކުރީ ސަފުގައި ދެމިއޮންނަ، އަދި ރާއްޖެއާއި މުޅި ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން ހުރި ދަސްވެނިން ބިނާކުރާ ތަނެއްކަން އަޅުގަނޑުމެން ކަށަވަރުކުރުމަށް އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޔޫއިން ބުނީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މި ޝަރަފުވެރި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ތަޢުލީމީ ފެންވަރުގެ ގޮތުން ކުރީ ސަފުގައި ހިމެނޭ ތައުލީމީ މުވައްސަސާއެއްގެ ގޮތުގައި އޮތް މަޤާމު އެމް.އެން.ޔޫ އިން ދެމެހެއްޓުމަކީ އެ ޔުނިވާސިޓީގެ އަމާޒުކަމަށެވެ.

މި ކާމިޔާބީއާއެކު، ކިއު.އޭ.އޭ ކޮމިއުނިޓީގެ ފުރިހަމަ ބައިނަލްއަޤުވާމީ މެންބަރުކަންވެސް އެމް.އެން.ޔޫއަށް ވަނީ ލިބިފައެވެ. މިކަމާ ގުޅޭ ތަފްޞީލީ ރިޕޯޓު ކިއު.އޭ.އޭ ގެ ވެބްސައިޓުންނާއި އެމް.އެން.ޔޫގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނޭކަމަށް އެމްއެންޔޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.