ފީފާ ވޯލްޑް ކަޕް؛ ފޮޓޯ / ފީފާ
ދުނިޔެ
01 Apr 2026 | 10:48
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕްތައް ކަށަވަރުވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފަހު ޖާގަތައް އިއްޔެ ހަ ޤައުމަކުން ކަށަވަރުކުރުމާ ގުޅިގެން، މުބާރާތުގެ ގްރޫޕްތައް މިހާރު ވަނީ މުޅިން ފައިނަލްވެފައެވެ. 

މިއަހަރުގެ މުބާރާތަކީ 48 ޤައުމަކުން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖް ބަހާލެވިފައިވަނީ ޖުމްލަ 12 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭގޮތަށް ބަހާލެވިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ. މިއީ ތިން ޤައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ގްރޫޕް އޭގައި ހިމެނެނީ މެކްސިކޯ، ދެކުނު އެފްރިކާ، ދެކުނު ކޮރެއާ އަދި ޗެކް ރިޕަބްލިކެވެ. ގްރޫޕް ބީގައި ކެނެޑާ، ބޮސްނިއާ އެންޑް ހަރްޒެގޮވީނާ، ޤަޠަރު އަދި ސްވިޒަލޭންޑް ހިމެނޭއިރު، ގްރޫޕް ސީގައި ބްރެޒިލް، މޮރޮކޯ، ހެއިޓީ އަދި ސްކޮޓްލޭންޑް ހިމެނެއެވެ.

ގްރޫޕް ޑީގައި އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިއާ އަދި ތުރުކީ ހިމެނޭއިރު، ގްރޫޕް އީގައި ޖަރުމަނު، ކުރަސާއޯ، އައިވަރީ ކޯސްޓް އަދި އިކުއެޑޯ ހިމެނެއެވެ. ގްރޫޕް އެފްގައި ނެދަލޭންޑްސް، ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ ހިމެނޭއިރު، ގްރޫޕް ޖީގައި ބެލްޖިއަމް، މިޞްރު، އީރާން އަދި ނިއުޒީލޭންޑް ހިމެނެއެވެ. ގްރޫޕް އެޗްގައި ސްޕެއިން، ކޭޕް ވާޑޭ، ސައުދީ އަރަބިއްޔާ އަދި އުރުގުއޭ ހިމެނެއެވެ.

މުބާރާތުގެ ފަހު ހަތަރު ގްރޫޕަށް ބަލާއިރު، ގްރޫޕް އައިގައި ފްރާންސް، ސެނެގާލް، އިރާޤު އަދި ނޯވޭ ހިމެނެއެވެ. ގްރޫޕް ޖޭގައި އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ އަދި އުރުދުން ހިމެނޭއިރު، ގްރޫޕް ކޭގައި ޕޯޗުގަލް، ކޮންގޯ ޑީއާރު، އުޒްބެކިސްތާން އަދި ކޮލަމްބިއާ ހިމެނެއެވެ. އެންމެ ފަހު ގްރޫޕް ކަމަށްވާ ގްރޫޕް އެލްގައި ހިމެނެނީ އިންގްލޭންޑް، ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.