ސްޓްލިންކް
ދުނިޔެ
01 Apr 2026 | 11:08
އީރާނުގެ އިންޒާރު މަސްކުއަށް: ސްޓާލިންކް ސެޓެލައިޓް އިންޓަނެޓަކީ އަސްކަރީ އަމާޒެއް

މަހުޖަނު އީލޮން މަސްކުގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ނިޒާމަކީ "ޝަރުޢީ އަސްކަރީ އަމާޒެއް" ކަމަށް އީރާނުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ މީޑިއާތަކާ ހަވާލާދީ 'ދަ ކާބުލް ޓްރިބިއުން' ނޫހުންނެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަހްރޭން، ކުވެއިތު އަދި އެކުވެރި އަރަބި އިމާރާތް ހިމެނޭގޮތަށް ސަރަހައްދުގެ ބައެއް ގައުމުތަކުގައި މިހާރުވެސް ސްޓާލިންކްގެ ހިދުމަތް ދަނީ ދެމުންނެވެ. އީރާނުގެ އޮފިޝަލުން ސިފަކުރައްވާ ގޮތުގައި މި ސަރަހައްދުގައި މި ނެޓްވޯކް އޮތުމަކީ، ހާއްސަކޮށް ހަނގުރާމައިގެ ހާލަތެއްގައި ސަލާމަތީ ގޮތުން އޮތް ބޮޑު ނުރައްކަލެކެވެ.

މި ހަމަނުޖެހުންތައް ފެށުނީއްސުރެ އީރާނުން ދަނީ އެ ގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ އިންޓަނެޓްގެ ހިދުމަތްތައް ލިބުން ހަނިކޮށް ނުވަތަ މެދުކަނޑާލަމުންނެވެ. މުރާސިލުން ބުނާ ގޮތުގައި މި ފިޔަވަޅަކީ މައުލޫމާތު ފެތުރުން ކޮންޓްރޯލް ކުރުމަށާއި، އަސްކަރީ އަދި ދާހިލީ ކަންކަމާ ގުޅޭ ހަބަރުތަކާއި ފޮޓޯތައް އާންމުވުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

މީގެ އިތުރުން، އީރާނުގެ ދާހިލީ ވުޒާރާ ހިމެނޭ ގޮތަށް އެ ގައުމުގެ ސަލާމަތީ މުއައްސަސާތަކުން ވަނީ އާންމުން ސްޓާލިންކް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައެވެ. އަދި ސެޓެލައިޓް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ޖަލަށްލުން ފަދަ ހަރުކަށި އަދަބުތައް ދޭނެ ކަމުގެ އިންޒާރު ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި ހަނގުރާމައިގެ ވަގުތެއްގައި މުވާސަލާތީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކުރުމަކީ އާންމުންނަށް މައުލޫމާތާއި މުވާސަލާތީ ހިދުމަތްތައް ލިބުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެކެވެ. މި ނިންމުމާއެކު ސައިބަރ ސެކިއުރިޓީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ސަރަހައްދީ ފެންވަރުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.