އެމް.ޑަބްލިޔު.އެސް.ސީ؛ ފޮޓޯ / ވޮއިސް
ވިޔަފާރި
01 Apr 2026 | 10:42
އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 31 އަހަރު

މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ 31 ވަނަ އަހަރީ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެމް.ޑަބްލިޔު.އެސް.ސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ.

އެ ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދޭންކަމުގައި ވީނަމަވެސް، މިހާރު މިވަނީ 1000 އަށްވުރެ ގިނަ މުއައްޒަފުންނާއެކު  2 ލައްކަ މީހުންގެ އާބާދީ (ގާތްގަނޑަކަށް ރާއްޖޭގެ 50% އާބާދީ) އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީ ފާހަގަކުރެވިފައިވަނީ %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެއްގެ ގޮތުގައެވެ. އަދި މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މިކުންފުނިން   ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީ

އެމް.ޑަބްލިޔު.އެސް.ސީ އަށް 31 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މިގޮތުން، އެ ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، ފެނަށް ބޭނުންވާ މިންވަރު އިތުރުވާ ދުވަސްވަރާއި، ކުއްލި ޙާލަތްތަކުގައި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށް، މާލެ ސަރަހައްދުގެ ފެނުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ފެނުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. މިގޮތުން، މިދިޔަ އަހަރު، މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓި، ހުޅުމާލޭ  އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް އާއި 2500 ޓަނުގެފެން އުފެއްދޭ އާރު.އޯ ޕްލާންޓްއެއް ބެހެއްޓިފައިވެއެވެ. މިއާއެކު މާލޭ ސަރަހައްދުގައި ޖުމްލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް ވަނީ އިތުރުކުރެވިފައެވެ. އަދި ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ވަނީ ފަށާފައެވެ. މިއާއެކު މުޅި ގްރޭޓަރ މާލެ ސަރަހައްދުގައި ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް ވަނީ އިތުރުކުރެވި، ޖުމްލަ 25 އިންސަތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަންފެށުމާއެކު، ބޭނުންވެއްޖެ ޙާލަތެއްގައި ކޮންމެ ކޮޅަކަށްވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އިރުން ހަކަތަ އުފެއްދުމުގެ ރަސްމިއްޔާތު ތެރެއިން

މީގެއިތުރުން، އެމް. ޑަބްލިޔު.އެސް.ސީ އިން އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށް ދެމުންގެންދާ ރަށްރަށުގައި، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ޔަގީންކަށް ކަށަވަރުކުރުމުގެ ގޮތުން، ހދ. ކުޅުދުފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައި، ބޭނުން ކުރަން ވަނީ ފަށަފައެވެ. މީގެ ސަބަބުން އެރަށުގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކުރެވި މީގެކުރިއާ އަޅާބަލާއިރު ޖުމްލަ 27 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މީގެ އިތުރުން، ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިތުބާރުހުރި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރ ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިޔުގައި އިތުރުކޮށް، ރ. ދުވާފުރގެ ކަރަންޓް އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވެ، ކަރަންޓު އުފެއްދުމުގެ ޤާބިލްކަން 16 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ.

ހަމަމިއާއެކު، ކުންފުންޏަށް 31 އަހަރު ފުރިގެންދާއިރު، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތަތުގެ ފެންވަރު ރަނގަޅުކުރުމަށް "ދިވެހިރާއްޖެ 2.0" ދަށުން ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް މުހިއްމު ބަދަލުތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ގެނެވިފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ބިލް ދެއްކުމާއި، ޚިދުމަތަށް އެދުމާއި، ބިލުގެ ތަފްޞީލް އަދި ފެން ބޭނުންކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު  ބަލާލެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް، މިޚިދުމަތްތަކާއެކު، ޕްރިޕެއިޑް އަދި ސްމާރޓް މީޓަރުގެ އައު ޚިދުމަތް ތަޢާރަފު ކުރުމަށް ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އޮންލައިން އެޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ތެރެއިން

މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކުރުމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ފާހަގަ ކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 111 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި 2026 ވަނަ އަހަރު 04 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފައިވާއިރު، އިތުރު 06 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ 07 މަޝްރޫޢެއްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއެކު އެމް. ޑަބްލިޔު.އެސް.ސީ އިން ވަނީ ސޮއިކޮށްފައެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އެ ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ، ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީ ނަމަވެސް، 31 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ކުރަމުންނެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނީގެ އައި.އެސް.އޯ 17025: 2005 ސްޓޭންޑަރޑުގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް އެ ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުޚާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، އަދި ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންގ އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ 10،000 ޓަނުގެ ފެން ތާނގީ ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ތެރެއިން

އެމް.ޑަބްލިޔު.އެސް.ސީ އަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚްރުވެރި ކާމިޔާބު ކުންފުންޏެކެވެ. ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރި އެރުމަށް އެމްޑަބްލިއު.އެސް.ސީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެންމެހައި މުވައްޒަފުންނަށް އެ ކުންފުނިން ވަނީ އިޚްލާސްތެރިކަމާއި އެކު ޝުކުރު އަދާކޮށްފައެވެ. އަދި، ކުންފުންޏަށް ކުރައްވާ އިތުބާރާއި، ބަހައްޓަވާ ގާތްކަމަށްޓަކައި، އެންމެހައި ކަސްޓަމަރުންނަށްވެސް އެ ކުންފުނިން ވަނީ ޝުކުރު ދަންނަވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ދެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
15 Jul 2026
ދައުލަތުގެ އިނާމަށް 66 ބޭފުޅުން
މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށް މި އިނާމު ދެއްވާނެއެވެ.