އެމްޑީޕީ ހޭވައްލާ ތައްޔާރު ގެ އެންމެ ފަހު ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ... ފޮޓޯ: އެމްޑީޕީ
ހަބަރު
01 Apr 2026 | 23:56
ރައީސް ސޯލިހު ސަރުކާރަށް؛ ކަމެއް ކޮށްދެންޏާ ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލިކުޑަކޮށްދީ

ކަމެއް ކޮށްދެންޏާމު ފަހިދިރިއުޅުން ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް ކުރެވުނު ކަމަކީ ފަހިދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތަކުގެ އަގު ބޮޑުކުރުން ކަމަށާއި، ސަރުކާރުން ރައްޔިތުން ގާތު ބޯހިޔާވަހިކަމުގެ ދައްކާއިރު، އެވާހަކަތަކުގައި އިހްލާސްތެރިކަމެއް ނެތްކަމަށެވެ. ހިޔާފްލެޓްތަކުގެ ދައްކަންޖެހޭ އަދަދުން ބައެއް އުނިކުރަން ނިންމިއިރު، މާލީގޮތުން ގާބިލްކަން ހުރިނަމަ ފަހިދިރިއުޅުން ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ރައީސް ސޯލިހް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ސޯލިހް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ސިޔާސީ ވަކި މަގްސަދްތަކެއް ހާސިލް ކުރުމަށް ކަމަށާއި، އެގޮތުން ދައުރުން ދެ އަހަރާއި ބައި ނިމިގެންދިޔައިރު، ރައްޔިތުންނަށް އަޅައިދޭންބުނި 60 ހާސް ފްލެޓްގެ މަސައްކަތް ކުރިއަށްގޮސްފައިނުވާކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން އަޅާފައިހުރި ފްލެޓްތަކުގެ ކުލި ބޮޑުކުރުން ފިޔަވައި އިތުރުކަމެއް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނުކުރެވޭކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެ ހަތަރުހާސް ފްލެޓް އެޅިއިރުގައި އޭގެ އަގަކަށް ޖެހޭނީ ހަތްދިހަ ފަސްހާސް ޑޮލަރޭ ފްލެޓަކަށް ނުޖެހޭނެ. ހިޔާ ފްލެޓުގެ އެބޭފުޅުންގެ ދައުރުގައި އެޅުވި ފްލެޓްތަކަށް އެ ފްލެޓަކަށް ޖެހޭނެ ނުވަދިހަ ފަސްހާސް ޑޮލަރު. އަޅުގަނޑުމެން ކަނޑައެޅީ ދެ ރޫމުގެ ދެ ކޮޓަރީގެ ފްލެޓެއްގެ ކުއްޔަކީ މަހަކު ހަހާސް ރުފިޔާ ކަމަށް ތިން ކޮޓަރި އަށްހާސް ރުފިޔާ ކަމަށް. އެއީ އަޅުގަނޑުމެން މިދެންނެވިހެން އެ އަޅަން ދިޔަ ހަރަދުތަކަށް ބަލާ ކުރެވޭނެ ކަމެއް ކަމަށް ވާތީ 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ފައިދާވާ ކުންފުނިތައްވެސް ދަރަނިވެރިކޮށްފި ކަމަށެވެ. އެގޮތުން ސިޔާސީ މަންފާ ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވައްދައިދޭ ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް، ބޭންކް އޮފް މޯލްޑިވްސް އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ދަރަނިވެރިކޮށްފިކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރިފަރެންޑަމް ވޯޓަކީ ނުރައްކާތެރި ވޯޓެއް ކަމަށާއި، އެއީ ރައްޔިތުންގެ އަތުގައި އޮންނަ ބާރުތައް ދަމައިގަންނަ ވޯޓެއްކަމަށެވެ. އެގޮތުން ކުއްލިއަކަށް މިފަދަ ކަމެއް ރައްޔިތުންގެ ކުރިމައްޗަށް ގެނެސް ވޯޓަށް އެހުމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.