ެިއިބްރާހީމް އިސްމާޢީލް:
ހަބަރު
02 Apr 2026 | 10:38
ފުލެޓުތަކުގެ ލޯނު ދައްކާނީ އަހަރެމެން ގެދޮރު ނެތް މީހުންގެ އަތުން ޓެކްސް ނަގައިގެން: އިބްރާ

ސަރުކާރުންދޭ ސޯޝަލް ހައުސިން ޔުނިޓްތައް އެޅުމަށް ނަގާފައިވާ ލޯނުދައްކާނީ ފުލެޓާއި ގޯތި ނުލިބޭ މީހުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ކަމަށް ގާނޫނީ ވަކީލު އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދާދިފަހުން ވަނީ ކަނޑާލައިފައެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ، ސަރުކާރުން މީހުނަށް ދޫކޮށްފައިހިރި ފްލެޓްތައް ހަދާފައިހުރީ ލޯނު ނަގައިގެން ކަމަށެވެ. އަދި  އެތަންތަނުގެ ކުލި ސަރުކާރުން މާފުކުރި ނަމަވެސް، ހަމަ އެއަހަރުތަކުގައިވެސް ލޯނުދައްކަންޖެހޭނެ ކަމަށެވެ.

އަދި ލޯނުދައްކާނީ ފްލެޓާ ގޯތި ނުލިބޭ މީހުން އަތުންވެސް ޓެކުސް ނަގައިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިއީވެސް ހަމަ އިންޞާފު ހެއްޔެވެ؟ މަވެސް ހަމަ އެކަމާ އުފަލުން ދުވަންވީ ހެއްޔެވެ؟ މަގޭ ބޯހިޔާކުރާނެ ގޮތެއްނެތި، މަކުރާ މަސައްކަތުން އެހެން ބައެއްގެ ގެދޮރަށް ފައިސާދައްކާއިރު، އެތަނުގެ ވެރިންތިބީ މަކަހަލަ އަނެކަކު އަތުން ކުލި ނަގައިގެން، ސަރުކާރަށް ކުލިނުދައްކައެވެ.“ އިބްރާ ވިދާޅުވިއެވެ.

މިއާއެކު އިބްރާ ވަނީ އެ ކުރެވެނީ ދެކޮޅުޖެހޭ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ހިޔާ ފުލެޓުތަކުގެ ވެރިންނަށް އެޗްޑީސީން ފޮނުވި ސިޓީއެއްގައި ވަނީ، އެ ޚަރަދު ސަރުކާރުން ދޭނެ ގޮތް ކިޔައިދީފައެވެ.

އެ ސިޓީގައި ވަނީ، ކޮންްމެ ފުލެޓެއްގެ ފިނިޝިންއަށް ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓަށް ނުދެއްކި އޮތް އަދަދުން, ކުއްޔަށް ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ.

އެ އަދަދަށް ފަހު، ބާކީ ކުއްޔަށް ދައްކަން ޖެހޭ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި ހަމަވަންދެން މަހަކު 5،300 ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެެ. އަދި، މެނޭޖުމަންޓު ފީ ދައްކަން ޖެހުނު ނަމަވެސް ހިޔާ ފުލެޓުތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ މެއި އެކެއް، 2028ގައެވެ.

އެޗްޑީސީން އެ ސިޓީގައި ބުނި ގޮތުގައި، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓު ދީ ހަމަވުމުން، ފުލެޓުގެ އަގު ދައްކާ ޚަލާސްކުރެވެން ދެން މަހު ކުއްޔަކީ، 5،300 ރުފިޔާއެވެ.

މި ސަރުކާރުގައި މީގެ ކުރިން ވަނީ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓްތަކުގެ މަހު ކުލި 20 ޕަސެންޓާ ހަމައަށް ކުޑަކޮށް، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓު 50 އިންސައްތަ ކުޑަކޮށް، މަހު ކުލި 12 ވަރަކަށް ހާސް ރުފިޔާއަށް ކުޑަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.