އީރާނުގެ ކުރީގެ ފޮރިން މިނިސްޓަރު، ކަމާލް ޚަރާޒީ؛ ފޮޓޯ / ޔާހޫ
ދުނިޔެ
02 Apr 2026 | 16:24
އީރާނުގެ ކުރީގެ ހާރިޖީ ވަޒީރަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި

އިރާނުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އެޤައުމުގެ ސްޓްރެޓީޖިކް ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ރައީސް, ކަމާލް ޚަރާޒީގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ކަމާލް ކަރާޒީއަށް ދިން މި އުދުއާނުގައި  ބޮޑެތި އަނިޔާތަކެއް ލިބި، ހާލުކޮޅު ވަނީ ވަރަށް ސީރިއަސްއެވެ. ތެހެރާންގައި ހުންނަ އޭނާގެ ދިރިއުޅުއްވާ ގެއަށް މި ހަމަލާ އަމާޒުވީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާގައި ކަމާލް ޚަރާޒީގެ އަނބިކަނބަލުން ވަނީ އަވަހާރަވެފައެވެ. ޚަރާޒީއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ހަމަލާއަކީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއް ކަމަށް އިރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޚަރާޒީއަށް މި ހަމަލާ އަމާޒުވިއިރު، އޭނާއަކީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ފާންސްއާއެކު ސުލްހައިގެ މަޝްވަރާތަކެއް ބޭއްވުމަށް ޕާކިސްތާން މެދުވެރިކޮށް މަސައްކަތް ކުރައްވަމުން ގެންދެވި މުހިންމު ބޭފުޅެކެވެ. މަސްްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި ހަމަލާގެ މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސް އެޅުމެވެ.

ކަމާލް ޚަރާޒީއަކީ 1997 އިން 2005 އަށް އިރާނުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި، އެގައުމުގެ ޚާރިޖީ ސިޔާސަތުގައި ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާއަކީ އަވަހާރަވެފައިވާ އިރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީގެ އަރިސް މުޝީރެއްގެ އިތުރުން، މިހާރުގެ ލީޑަރު މުޖްތަބާ ޚާމަނާއީގެ ވެސް އިތުބާރު އޮތް އެޑްވައިޒަރެކެވެ.

މި ހަމަލާއާ ގުޅިގެން އިރާނުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، މިއީ އެގައުމުގެ އިސްވެރިންނަށް އަމާޒުކޮށް ހިންގާ ޖަރީމާއެއް ކަމަށާއި، މިފަދަ ހަމަލާތަކުގެ ސަބަބުން އެގައުމުގެ އަޒުމަށް ބަދަލު ނާންނާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.