މާލޭ ޓެކްސީލައިންގެ ހިދުމަތް ތައާރަފްކުރުން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Apr 2026 | 22:18
ގިނަބަޔަކު އެ ހިދުމަތަކަށް އިންތިޒާރުކުރަމުން އައި، މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ފަށައިފި

މާލެސިޓީގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި އެ ހިދުމަތްދިނުމުގެ ގޮތުން ސަރުކާރުން ފަށާ، މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ފަށާފައިވަނީ އެކަމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މާލޭ ޓެކްސީ ލައިނުގެ ހިދުމަތްދޭ އެމްޓީސީސީގެ ވެރިންނާއި، ދަތުރުފަތުރާ ބެހޭ ވަޒީރާއި ކަމާބެހޭ ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލޭ ޓެކްސީލައިންގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފިސް

މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ ވިދާޅުވީ ޓެކްސީގެ ހިދުމަތް ފަށަނީ 150 ކާރާއެކު ކަމަށާއި، މި ހިދުމަތް ދޭން ތިބޭނީ މުޅިންވެސް ދިވެހިން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޓީސީސީން އޮޕަރޭޓްކުރާ މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި ކާރުކަމަށެވެ.

ރައްޔިތުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ދިނުމުގެ ގޮތުން އެމްޓީސީސީން މި ހިދުމަތްދެނީ އެޕްލިކޭޝަން ބޭނުންކޮށްގެން ދަތުރު ނެގޭ ގޮތަށެވެ. ސައުދީ ވިދާޅުވީ މާލޭ ޓެކްސީ ލައިން ހިދުމަތާއެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ. 

މާލޭ ތެކްސީ ލައިން ފްލީޓް... ފޮޓޯ: އެމްޓީސީސީ

އެމްޓިސީސީން މި ހިދުމަތުގައި ބޭނުންކުރާ ކާރުތަކަކީ، މާލޭގެ ކުދި މަގުތަކާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ، ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކޮށްދޭނެ އުޅަނދުތަކެކެވެ. 

'މާލެ ޓެކްސީ'ގެ ހޮޓްލައިން އަކީ 1655 އެވެ. މި ހިދުމަތަކީ މާލޭގައި ޓެކްސީތައް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ތައާރަފްކުރުމަށް ނިންމި ހިދުމަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.