ސަރުކާރު ޓެކްސީލައިން ތަޢާރަފް ކުރުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Apr 2026 | 11:03
މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ސަރުކާރާއެކު އެއް ރޫހެއްގައި މަސައްކަތްކޮށްގެން: ސަޢުދީ

ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ސަރުކާރާއެކު އެއް ރޫހެއްގައި މަސައްކަތްކޮށްގެން ކަމަށް އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސަޢުދީ މިހެން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ހަގީގަތަކަށް ހެއްދެވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީން މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން، ބަނދަރުތަކާއި، ސުކޫލް ތަކާއި، ހޮސްޕިޓަލުތަކާ، މަގުތަކާއި ކުޅިވަރު ޕާކުތައް ފަދަ ތަންތަން ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިޔުމަށް އެ ކުންފުންޏާ ހަވާލުލޮށްފައިވާކަން ފާހަގަކުރެއްވިއެވެ. 

”ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގުވުމާއެއްގޮތަށް އެމްޓިސީސީއާ ހަވާލުކުރެވިފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ނިމޭއިރު އަޅުގަނޑު ހިތަށް އަރަނީ ދެން އެހެން ސަރުކާރަކުން މި ރާއްޖޭގައި ކުރާނެ ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނޯންނާނެއޭ. އެހާ ގިނަ މަސައްކަތްތައް އެމަނިކުފާނު އެ ގެންދަވަނީ ކުރައްވަމުން“

އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ

މިއާއެކު ސަޢުދީ ވިދާޅުވީ، ތަރައްޤީއަށް ކުރެވޭ އެފަދަ ކޮންމެ މަސައްކަތަކީ އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް ކަމަށެވެ. 

އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ

”އަޅުގަނޑު ގަބޫލުކުރާގޮތިގައި މިއިން ކޮންމެ މަޝްރޫޢުއެއް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ، އަދި މިފަދަ ކޮންމެ މަޝްރޫޢުއެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ހާސިލްކުރެވޭނީ، ސަރުކާރާއެކު ގުޅިގެން އެއްރޫޙެއްގައި މަސައްކަތްކޮށްގެންކަން ޔަގީން. އޭރުން އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްޤީ ކުލަރީތި ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހިގެންދާނެ. މާރީތި ދިވެހީންގެ ރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދޭނެ“

އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެއްކަން ސަޢުދީ ވަނީ ފާހަގަކުރައްވާފައެވެ.

ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގެ ޚިދުމަތަކީ ތަޖުރިބާ ދަތުރުތަކެއްކަމަށާއި، މި މުއްދަތުގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.