އެމްޑީޕީން ބޭއްވި ހިނގާލުން
ހަބަރު
03 Apr 2026 | 17:47
ފެންނަނީ ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާތަން: އެމްޑީޕީ

މާދަމާ ބާއްވާ އިންތިޚާބުތަކުގައި ރައްޔިތުން މި ސަރުކާރަށް "ބޮޑުތަނުން ނޫނެކޭ" ބުނާނެ މަންޒަރު ފެންނަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރިފަރެންޑަމް އާއި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޕެއިން ނިންމާލުމަށް އެމްޑީޕީންވެސް ވަނީ މާލޭގައި ހާއްސަ ރެލީއެއް ބާއްވާފައެވެ.

މި ރެލީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ލުމަށް ހުރަސް އެޅުމަށް ފްލައިޓްތަކަށް ބަދަލު ގެނެސް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދައިން ކަން ކުރަނީ، އިންތިޚާބުތަކުގައި ސަރުކާރު ބަލިވާނެ ގަބޫލުލޮށްފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ. 

މި ރެލީގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް، ޚާއްޞަކޮށް ބޭސްފަރުވާގެ ކަންކަމުގައި އިންތިހާއަށް އިހުމާލުވެފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އަމަލުތަކާ ގުޅިގެން ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މަންޒަރު މުޅި ރާއްޖެއިން ފެންނަމުންދާ ކަމަށާ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށެވެ.

"ފުރިހަަމަ ސިއްހަތެއްގައި ބޭތިއްބުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ޒިންމާއެއް. އެހެންނަމަވެސް ބޭހެއް ނުލިބޭ، އާސަންދައެއް ނުލިބޭ، އެންސްޕާއެއް ނުލިބޭ. މިއިން ޒަމާނެއްގައި ނިކަމެތި ނުވާ މިންވަރަށް ރައްޔިތުން ނިކަމެތިވެއްޖެ،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލްވެސް ވަނީ މި އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނާނެ ކަމަށާ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަނީ ސަރުކާރާމެދު ރައްޔިތުން ހިތްހަމަނުޖެހިފައިވާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ، ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތިލަފަތަށް" ވޯޓު ދިނުމަށް އެދިލައްވާފައެވެ. އަދި މި އިންތިޚާބަކީ ގައުމުގައި ހިނގަމުންދާ ބޭއިންސާފާ ދެކޮޅަށް ރައްޔިތުންގެ ބަސް އިއްވައި، "ނޫނެކޭ" ބުނުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.