އަލައިކާ: ފޮޓޯ/ ވޮއިސް
ހަބަރު
05 Apr 2026 | 08:35
ގޮނޑި ކާމިޔާބު ނުވިޔަސް، މިއީ ލިބުނު ބޮޑު ކާމިޔާބީއެއް: އަލައިކާ

އިއްޔެ ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، މާލެސިޓީގެ އެ ކޮމިޓީގެ ރައީސާގެ މަގާމަށް އިންތިޚާބުނުވި ނަމަވެސް އެ ދަތުރުގައި ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް ޕީީއެންސީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް އާއިޝަތު އަލައިކާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޢާއިޝަތު ރީޝާއެވެ. 

އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވައި، އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުގެ ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް، މި ދަތުރުން އޭނާއަށް ލިބުނީ މާ މަތިވެރި އަދި ދެމިގެންދާނެ ކާމިޔާބީއެއް ކަމަށެވެ. އެއީ ގިނަ ބައެއްގެ އިތުބާރާއި، ލޯތްބާއި، ޔަގީންކަން ކަމަށާއި، މިއީ އޭނާ ނުހަނު އުފަލާއެކު ބަލައިގަންނަ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

އަލައިކާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ މި ދަތުރަކީ ހަމައެކަނި މަޤާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫނެވެ. އެއީ ގިނަ އާއިލާތަކެއްގެ ޙައްޤުގައި، އަދި ހަމަހަމަ ފުރުޞަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރެވުނު އިޚްލާޞްތެރި މަސައްކަތެކެވެ. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި ލިބޭ އިނާޔަތެއް ނޫން ކަމަށާއި، އެއީ އެންމެންނަށް ލިބިގެންވާ ޙައްޤެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން އަލައިކާ ވިދާޅުވީ، މި ދަތުރުގައި މާޔޫސްކަމާއި ބައެއް ފަރާތްތަކުގެ ކެހިވެރިކަން ކުރިމަތިވި ކަމަށެވެ. އަދި އޭނާގެ ނިޔަތާއި މަސައްކަތް އޮޅޭގޮތަށް ތަފާތު ލޭބަލްތައް އެޅުވުނު ނަމަވެސް، އޭނާ ހުރީ ސާބިތުކަމާއެކު އޭނާ ގަބޫލުކުރާ އުޞޫލުތަކުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

މިއަދަކީ މި މަސައްކަތުގެ ނިމުން ނޫންކަން ފާހަގަކުރައްވަމުން، އަލައިކާ ވިދާޅުވީ މިއީ އާ ހިތްވަރަކާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކޮމެންޓް
އިބުނު މަހުދީ
އަލައިކާ ނޫޅޭ ސިޔާސީ ޕާޓީ އެއް މިތާގައި މީހަކު ބުނެދެއްވަފާނެތޯ؟
05 Apr 2026
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް