އެމްޑީޕީގެ އެއްވުމެއް
ހަބަރު
06 Apr 2026 | 11:27
އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުން މިރޭ އާޓިފިޝަލްގައި؛ ހުރިހާ ދިވެހީންނަށް ދަޢުވަތުދީފި

‏ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމީޓީގެ އިންތިޙާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުން މިރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވަން އެޕާޓީން ނިންމައިފިއެވެ.

މި ހަފްލާ އޮންނާނީ މިރޭ 8:30 ގައެވެ.

އެމްޑީޕީން ވަނީ ‏މި ޖަލްސާއަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތުދީފައެވެ. 

އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ހުރިހާ ސިޓީތަކެއްގެ މޭޔަރުގެ ގޮނޑި އެޕާޓީން ކާމިޔާބުކުރުމެވެ. އެމްޑީޕީން ވަނީ ވަރަށް ފުރިހަމަ އަގްލަބިއްޔަތަކުން މޭޔަރު ގޮނޑި ކާމިޔާބުކޮށްފައެވެ. 

މީގެ އިތުރުން ރިފަރަންޑަމް ވޯޓުގެ ނަތީޖާވެސް ނިކުމެފައިވަނީ އެމްޑީޕީން ވަކާލާތުކުރި ކޮޅަށެވެ. ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް އެމްޑީޕީން އެކަމަށް ވަނީ ނޫނެކޭ ބުނެފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީން ވަނީ ގިނަ އަދަދެއްގެ ކައުންސިލް ގޮނޑިތައްވެސް ނަގާފައެވެ. އެމްޑީޕީން ބުނީ ދައުލަތުގެ ހުރިހާ ވަސީލަތެއް ސަރުކާރު ހިންގާ ޕާޓީން ބޭނުންކުރި އިންތިހާބުން އެމްޑީޕީއަށް ލިބުނީ ފުރިހަމަ ކާމިޔާބީއެއްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.