ނަޒީހާ އަހްމަދު --
ހަބަރު
06 Apr 2026 | 15:23
އެމްޑީޕީ މޮޅުވީ ވަކި ބަޔަކު އެނބުރި އައިސްގެނެއް ނޫން: ނަޒީހާ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓްގައި އެމްޑީޕީން ކާމިޔާބު ހޯދީ ވަކި ބަޔަކު އެ ޕާޓީއަށް އެނބުރިއައިސްގެން ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ މުހައްމަދުގެ ކޮއްކޮ, ނަޒީހާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ނަޒީހާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ނަޒީހާ ވިދާޅުވީ އިންތިހާބުން މޮޅުވީ އެމްޑީޕީގެ މެންބަރުން އެކުގައި ނިކުމެ މަސައްކަތް ކުރީމަ ކަމަށެވެ. އެއީ ވަކި ބަޔަކު އެނބުރި އައިސްގެން ވީކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަޒީހާ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއެކު އެނބުރި އެމްޑީޕީއަށް އައި ޓީމަށް ކަމަށް ބެލެވެ އެވެ. ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ދެ ރައީސުންގެ ގުޅުން ގޯސްވެ އެތައް ތުހުމަތުތަކެއް ކުރެއްވުމަށް ފަހު ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ނަޝީދުގެ ވަފާތެރީން ވަނީ ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދާފަ އެވެ. އެމަނިކުފާނު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސްއަށް ސިޔާސީ މައިދާނުގައި ބޮޑު ކާމިޔާބީއެއް ނުހޯދުނެވެ. އެމްޑީޕީ ދިޔައީ ވަރުގަދަ ވަމުންނެވެ. އާހިރުގައި އެމަނިކުފާނާއި މުޅި ޓީމު ވަނީ ދަ ޑިމޮކްޓެސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅިފަ އެެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު އޮތް އިންތިހާބަކީ ނަޝީދު އެނބުރި ވަޑައިގެންނެވި ފަހުން އޮތް ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގެ ކެމްޕެއިނަށް ނަޝީދު ވަނީ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ.

ނަޒީހާގެ މި ވާހަކަތަކާއި ގުޅިގެން ނަޝީދުގެ ވަފާތެރި ބައެއް މެންބަރުން ވަނީ ފާޑުވިދާޅުވެފަ އެވެ. 

ކޮމެންޓް
ޒިޔާ
ޙަގީގަތް ގަބޫލު ކުރަން ދަތިދޯ.ރައީސް ނަޝީދު އެނބުރި އައިސްގެން އެމްޑީޕީ އަށް ތިވަރު ތިވީ.
06 Apr 2026
ޜާޏީ
ޏަޒިިިީިހާ ތީކާކު
06 Apr 2026
ޢިބޫ
އަނެއްކާ ފުއްޕަން ފެށީތޯ؟
06 Apr 2026
ޓޮރޫ
ރަނގަޅު ވާހަކައެއް. ސަރުކާރާ ދޭތެރޭ ރައްޔިތުން ނުރުހުން ވެފައި ތިބި ވަރު އެ ހާމަކޮށް ދިނީ. ސަރުކާރުން ޢިހުލާޞް ތެރި ކަމާއެކު މުޅި މުޖުތަމައަށް ފައިދާވާ ގޮތަށް ތަރައްގީގެ މަސައްކަތް ކޮށް ގެން ގިނަ ރައްޔިތުންގެ ތާއީދު ލިބޭނީ.
06 Apr 2026
ގުއިދައި
ނަޒީހާގެ މޮޅުކަމާއި އިބުރާހިމުގެ ކުޅަދާނަކަމާއި ފަޒުނާގެ ހިތްވަރުން މޮޅުވީ
06 Apr 2026
ސިއްކަ އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ މުހައްމަދުގެ ކޮއްކޮ, ނަޒީހާ އަހްމަދު
07 Apr 2026
ާަައަހްމަދު
ޢެހެން ކަމެއްތަ ކަލޭ ހީކުރީ
07 Apr 2026
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.