އެގްރޯނެޓުގެ އެމްޑީކަމުން ހުސެއިން ދީދީ ވަކިކޮށްފި

އެގްރޯނެޓްގެ އެމްޑީ

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސެއިން ދީދީ މަޤާމުން ވަކިކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕީސީބީން ވަނީ އެގްރޯ ނެޓްގެ އެމްޑީކަމުން ހުސެއިން ދީދީ ވަކިކުރެއްވިކަން މީޑިއާތަކާ ހިއްސާކޮށްފައެވެ.

ޕީސީބީން ހިއްސާކުރި މެސެޖްގައި ބުނެފައިވަނީ، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް،  ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. ހުސެއިން މަޤާމުން ވަކިކުރެއްވި ނަމަވެސް ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް