އާދަމް އާޒިމް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ... ފޮޓޯ: ވޮއިސް
ހަބަރު
06 Apr 2026 | 21:50
އާޒިމް ސަރުކާރަށް؛ މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފިނަމަ ގޯސްވާނެ

މާލެސިޓީއަށް ވީ ވައުދުތައް ފުއްދުމަށް މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުރުސަތު ނުދީފިނަމަ އެކަމާ ދެކޮޅަށް ނިކުންނަވާނޭކަމަށް މާލެސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިހާރުވެސް މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމް ފުރުއްވަމުން އަންނަ އާޒިމް ވިދާޅުވީ، މެނިފެސްޓޯ ތަންފީޒުކުރަން އެއްބާރުލުންދީ އެކަމަށް ހުރަސް ނޭޅުމަށް އެދޭކަމަށެވެ. މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފިނަމަ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ނިކުންނާނޭކަމަށް އާޒިމް ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރުމަށް ހުށަހެޅި ކަންކަން ކުރުމަށް ސަރުކާރުން ފުރުސަތު ދޭންޖެހޭނޭ ކަމަށާއި، އެކަމަށް ހުރަސްއެޅުމަކީ ސަރުކާރަށް ލިބިގެންވާ ހައްގެއް ނޫންކަމަށެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ: ވޮއިސް

އާޒިމް ވިދާޅުވީ އެމްޑީޕީއަށް އިންތިހާބުން މިވަރުގެ ކާމިޔާބީއެއް ލިބިފައިމިވަނީ، އާސަންދައަށްވުރެ ބޮޑަށް ސިޔާސީކަންކަމަށް ހަރަދުކޮށް މަޤާމުތައް އުފައްދަމުން ދަނިކޮށްކަމަށެވެ. ނަމަވެސް ފެނިގެން މިދިޔައީ އެކަން ރައްޔިތުން ބަލައިނުގަތް މަންޒަރުކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މިއަދު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް، ފުރަތަމަ ފަހަރަށް، ފުރަތަމަ ފަހަރަށް ސިޔާސީ މީހުންނަށް ދޭ މުސާރައިގެ އަދަދު ބޮޑުވެއްޖެ އާސަންދަ އާއި ބޭސްފަރުވާގެ ހުރިހާ ހިދުމަތެއް ހުއްޓިއްޖެ

އިންތިހާބީ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ، އެމްޑީޕީގެ ފިކުރަނީ އަބަަދުވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން ކަމަށާއި، ރައްޔިތުން މިއަދު އެމްޑީޕީއަށް ފުރުސަތު ދިނީ އެކަން ގަބޫލުކުރާތީ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖޭގަ ސިޔާސީ މީހުންނަށް އިތުބާރު ގެއްލިގެން ގޮސްފައި ވަނީ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވުމުން ކަމަށެވެ. 

ކުރިއަށްއޮތީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއާއެކު މާލެސިޓީ ކައުންސިލާ ހަވާލުވެ، ކޮރަޕްޝަންތައް ފުހެލުންކަމަށާއި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ ކަންކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ކޮރަޕްޝަނުގެ ވާހަކަ އެބޭފުޅުން އެބީދައިން ދައްކަވަނީ އެބާވަތުގެ ކަންކަން ކޮށްފައި ހުރުމުންކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.