އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ ކާރުހާނާއަކަށް ހަމަލާދީފައި... ފޮޓޯ: އީރާން އިންޓަނޭޝަނަލް
07 Apr 2026 | 08:36
އީރާނުގެ އަސްކަރިއްޔާ ބަލި ނުކުރެވުމުން، ހަމަލާތައް އިގްތިސާދީ ކާރުހާނާތަކަށް އަމާޒުކުރަނީ

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަސްކަރިއްޔާ ބަލިނުކުރެވުމުން އެންމެފަހުން އެޤައުމުގެ އިޤްތިސާދީ ކާރުހާނާތަކަށް ހަމަލާތައްދޭން ފަށާފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެންމެފަހުން އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، މިހާރު ވިސްނުމަކީ ކޮންމެގޮތެއް ހަދާފައިނަމަވެސް އީރާން ފުނޑުފުނޑުކޮށްލުން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިހާރު އަމާޒަކީ އީރާނުގެ ބްރިޖްތަކަށާއި އިންޖީނުގެތަކަށް ހަމަލާދިނުން ކަމަށެވެ. މިއީ ކުރަން ބޭނުން ނުވި ކަމަކަށް ނުވިނަމަވެސް، ކުރިއަށްއޮތް ތަނުގައި މިއަށްވުރެވެސް ނުރައްކާތެރި ކަންކަން ކުރާނޭކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ޓްރަމްޕްގެ މިފަދަ އިންޒާރަކާއެކު އީރާނަށް ހަމަލާދިނުމުގެ އުސޫލަށް ބަދަލެއް ގެނެސްފައިމިވަނީ، ހަމަލާތައް ހުއްޓާލުމަށް އެޤައުމާއެކު ވާހަކަތައް ބޭއްވުމުގެ މާނައެއް ނެތްކަމަށް އީރާނުން ބުނެފައިވަނިކޮށް ކަމަށެވެ. އީރާނުން ބުނެފައިވަނީ ތަޖުރިބާއަށް ބަލައި އެމެރިކާ އާ ވާހަކަދެއްކުމަކީ ބޭނުމެއްނެތް ކަމެއްކަމަށެވެ.

އީރާނަށް ނިސްބަތްވާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމެރިކާ އަދި އިސްރާއީލުންދޭ ހަމަލާތައް މިހާރު އަމާޒުކޮށްފައިވަނީ އެޤައުމުގެ ޕެޓްރޯކެމިކަލް ސިނާއަތަށެވެ. މީގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށާއި މުޅި ސަރަހައްދަށް ވެސް މިކަމުގެ ނޭދެވޭ އަސަރުތައް ފެތުރިގެންދާނޭކަމަށް އީރާނުންވެސް ވަނީ ބުނެފައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގައިވާ ގޮތުން، އާންމު ރައްޔިތުން ބޭނުންކުރާ އަސާސީ ވަސީލަތްތަކަށާއި އުމްރާނީ ބިނާތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެޤައުމާއެކު ވާހަކަތައް ބޭއްވުމަށް މިއަދުގެ ނިޔަލަށް އީރާނުން އެއްބަސް ނުވެއްޖެނަމަ، އީރާނުގެ އިންޖީނުގޭތަކާއި ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނޭކަމަށް ބުނެފައެވެ. އެއާއެކު އީރާނުން ވަނީ އެތަންތަން ހުސްކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން ޓްރަމްޕް ދެއްވި މުހުލަތުގެ ކުރިން މަހްޝަހްރު ޕެޓްރޯކެމިކަލް ޒޯނުގައި ހުރި ސިނާއީ މަރުކަޒުތައް ހުސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 

އީރާނުގައި އުފައްދާ ޕެޓްރޯކެމިކަލްގެ ގާތްގަނޑަކަށް 28 އިންސައްތަ ހިއްސާކުރަނީ މަހްޝަހްރުންނެވެ. އަދި އަސަލޫޔޭއިން 48 އިންސައްތައަށްވުރެ ގިނަ އުފެއްދުންތައް ހިއްސާކުރެއެވެ. މި ދެ މަރުކަޒު އެއްކޮށްލުމުން، އެ ގައުމުގެ ޖުމްލަ ޕެޓްރޯކެމިކަލް އުފެއްދުންތަކުގެ ހަތަރު ބައިކުޅަ ތިންބަޔަށް އަރައެވެ.

އީރާނަށް ބޭރު ފައިސާ ވަންނަ އެންމެ ބޮޑު ދާއިރާއަކީ ސާފުނުކުރާ ތެލަށްފަހު ޕެޓްރޯކެމިކަލް ސިނާއަތެވެ. އެ ގައުމަކީ އަހަރަކު ގާތްގަނޑަކަށް 95 މިލިއަން ޓަނުގެ ތަކެތި އުފެއްދުމުގެ ގާބިލުކަން ހުރި ގައުމެއް ނަމަވެސް، ކަރަންޓާއި ގޭސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މިހާރު އުފެއްދެނީ 75 މިލިއަން ޓަނާ ގާތްކުރާ މިންވަރެކެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި، ނުވަތަ އަހަރަކު ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރުގެ އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ.

އެހެންކަމުން، މި ވަސީލަތްތައް ބަންދުކުރަން ޖެހުމަކީ ހަމައެކަނި ވަގުތީ ގޮތުން މަސައްކަތްތަކަށް އައި މަޑުޖެހުމެއް ނޫނެވެ. މިއީ އީރާނަށް ބޭރު ފައިސާ ލިބޭ އެންމެ މުހިންމު އެއް މަގަށް ކުރިމަތިވި ސީދާ ނުރައްކަލެކެވެ. ގެއްލުން ލިބުނު ތަންތަން މެދު ރާސްތާއެއްގައި މަރާމާތު ނުކުރެވިއްޖެ ނަމަ، މެދުއިރުމަތީގައި ދެވަނައަށް އެންމެ ގިނައިން ޕެޓްރޯކެމިކަލް އުފައްދާ މި ގައުމަށް އެ ތަކެތީގެ ތަދުމަޑުކަމަކާ ވެސް ކުރިމަތިލާން ޖެހިދާނޭކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އީރާނުން ވަނީ ޕެޓްރޯކެމިކަލް ސިނާއަތް ކުރިއެރުވުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ނަމަ، މި ތަންތަން އަލުން ބިނާކުރުމަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ލިބުމުގައި ހުރި ހުރަސްތަކުގެ ސަބަބުން، އަވަސް މުއްދަތެއްގައި މި ތަންތަން މަރާމާތު ކުރުމުގެ ގާބިލުކަން އެ ގައުމުގައި ހުރެދާނެ ކަމަކަށް ނުބެލެވެއެވެ. ބޭރުގެ ފައިނޭންސް ލިބުނު ކަމުގައި ވިޔަސް، އުފެއްދުންތެރިކަން ކުރިން ހުރި މިންވަރަށް ގެނައުމަށް އެތައް އަހަރެއް، ނުވަތަ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ނަގާފާނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ