އެރޮން ރަމްސީ... ފޮޓޯ: އާސެނަލް
ކުޅިވަރު
07 Apr 2026 | 21:46
އާސެނަލްގެ ލެޖެންޑަރީ މިޑްފީލްޑަރު އެރޮން ރަމްސީ ރިޓަޔަރކޮށްފި

އާސެނަލްގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި ވޭލްސްގެ މިޑްފިލްޑަރު އެރޮން ރަމްސީ ފުޓްބޯޅައިން ރިޓަޔަރކޮށްފިއެވެ.

އެރޮން ރަމްސީ ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް ނިކުތީ އިނގިރޭސިވިލާތުގެ ކާޑިފްސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ ކްލަބްދޫކޮށް އޭނާ އާސެނަލް އާ ގުޅީފައިވަނީ 2008 ވަނަ އަހަރު އުމުރުން 17 އަހަރުގައެވެ. ރަމްސީ ވަނީ އާސެނަލްގައި 11 އަހަރު ހޭދަކޮށްފައެވެ. އޭނާ ވަނީ އާސެނަލްގެ އިތުރުން ޔުވެންޓަސް، ރޭންޖާސް، ނީސް އަށްވެސް ކުޅެފައެވެ.

ރަމްސީގެ ފުޓްބޯޅަ ކެރިއަރަށް ބަލާއިރު އޭނާ އެންމެ ފާހަގަވެގެން ގޮސްފައިވަނީ، އާސެނަލްގައި ހޭދަކުރި ދުވަސްވަރެވެ. އޭރު ރަމްސީއަކީ އެޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ރަމްސީ ފާހަގަވެފައިވަނީ ތަދާއި ވޭނުގައި އުޅުމަށްފަހު ހިތްވަރާއެކު ދަނޑަށް ނިކުމެ ކާމިޔާބުހޯދި ކުޅުންތެރިއެއްގެ ގޮތުގައެވެ. 

ރަމްސީ އާސެނަލަށް ބަދަލުވި އަހަރު.. ފޮޓޯ: އާސެނަލް

2010 ވަނަ އަހަރު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ އަހަރަށްވުރެ ގިނަ ދުވަހު ފަރުވާގައި ހުރުމަށްފަހު 2013 ވަނަ އަހަރު ކުޅުމުގެ ތެރެއަށް އެނބުރިއައިސް އެ ސީޒަނުގައި ރަމްސީ ވަނީ އާދަޔާހިލާފް މޮޅު ކުޅުމެއް ދައްކައި އާސެނަލަށް އެފްއޭކަޕް ހޯދައިދީފައެވެ. އާސެނަލް އާއެކު ޕްރިމިއާ ލީގް ނުހޯދުނު ނަމަވެސް އޭނާ ހިމެނިފައިވަނީ އާސެނަލްގެ ތާރީހުގައި އެ ކްލަބް ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައެވެ. 

ރަމްސީ އާސެނަލަށް ކުޅުނު 262 މެޗްގައި އޭނާ ވަނީ 40 ހަށްވުރެ ގިނަ ގޯލް ޖަހާފައެވެ. އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ތިން ފަހަރު، ކޮމިޔުނިޓީ ޝީލްޑް ދެފަހަރެއްގެ މަތިން ހޯދާފައެވެ. ޔުވެންޓަސްގައި ހޭދަކުރި މުއްދަތުގައި އިތަލިއަން ސޭރިއާ، އިޓަލިއަންކަޕް ދެފަހަރެއްގެ މަތިން ވަނީ ހޯދާފައެވެ. 

އާސެނަލްގެ އިތުރުން ރަމްސީއަކީ ވޭލްސްގައި އުފެދުނު އެންމެ މޮޅުކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޭލްސްގެ ޤައުމީޓީމަށް 86 މެޗްކުޅެދީ 21 ލަނޑު ޖަހައިދީފައެވެ. އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލި ރަމްސީ މިހާރު މަސައްކަތްކުރަނީ އޭނާގެ އެންމެ ފުރަތަމަ ކްލަބް ކާޑިފްސިޓީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.