ބޮޑު ތަކުރުފާނުމަގު ސަރަހައްދު-
ހަބަރު
08 Apr 2026 | 09:59
ޝީޓް ޕައިލް ކުރުމުގެ މަސައްކަތަށް މިއަދުން ފެށިގެން ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މާދަމާއިން ފެށިގެން އެ ސަރަހައްދުގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ ފޭސް 2 އިން ފެށިގެން 4 އާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

މި މަސައްކަތަށްޓަކައި މިއަދުން ފެށިގެން 4 ޖުލައިގެ ނިޔަލަށް، މާލޭ މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮންނަ މަގާއި، އެ މަގާ އިންވެގެން އޮންނަ ފަޅު ސަރަހައްދު ބަންދުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މި ނިންމުމާ ގުޅިގެން، ބަންދުކުރެވޭ ފަޅު ސަރަހައްދުގައި މިވަގުތު އަޅާފައި ހުރި ދޯނިފަހަރާއި ލޯންޗުތައް ވީ އެންމެ އަވަހަކަށް އެ ސަރަހައްދުން ނަގައި، ފަޅު ހުސްކޮށްދިނުމަށް އެ ތަކެތީގެ ވެރިފަރާތްތަކަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މަގު ބަންދުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ. އަދި މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
އާޖެންޓީނާ މެޗަށް ރައިސް ފިޓްވާނެކަން އެނގޭނީ އަދި ފަހުން: ޓުޗެލް
ޓުޗެލް ބުނީ ރައިސްގެ ބަލި ހާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި، އާޖެންޓީނާ މެޗަށް ފިޓްވުމުގެ އުއްމީދު ބޮޑުކަމަށެވެ
14 Jul 2026
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން
އެމެރިކާއިން ފަހިކޮށްފައިވާ ވަޢުދުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، ޕާކިސްތާނުގެ ސެހިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
14 Jul 2026
ބަންގްލަދޭޝްގެ ފެންބޮޑުވުމުގައި 51 މަރު
ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ 51 މީހުން މަރުވެފައިވާއިރު 10 ލައްކައަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ.
14 Jul 2026
މާލެއަށް މިފްކޯ ހިކިމަސް ކާރުޚާނާ
މިފްކޯ އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ސީދާ ޚިދުމަތްދިނުމަށް ފެށުނު ފެށުމެކެވެ.
14 Jul 2026
ހިމަބިހީގެ ކޭސްތައް 144 އަށް
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނި، މިއަހަރު ޖުމުލަ އަދަދު 144 އަށް އަރައިފިއެވެ. މިހާތަނަށް 7100 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ.
14 Jul 2026
މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް ހެދީ އެންމެން ގުޅިގެން މަސައްކަތްކުރަން: ސައީދު
މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ
14 Jul 2026
އިސްލާޙްތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވި 58 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.
14 Jul 2026
ކުދިންގެ ސްކްރީން ޓައިމް މަދުކުރާނީ ކިހިނެއް؟
މިއަދުގެ ޑިޖިޓަލް ޒަމާނުގައި ދަރިން ސްކްރީނާ ދުރުކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ހަމަ އެހެންމެ އެނގެން ޖެހޭ ޙަޤީގަތަކީ ސްކްރީން ޓައިމް މަދުކުރުމަކީ ހަމައެކަނި ޑިވައިސްތަކާ ކުދިން ދުރުކުރުމެއްވެސް ނޫންކަމެވެ. އެކްޓިވް ސްކްރީން ޓައިމްއަކީ ކުދިންނަށް އޭގެން ފައިދާކުރާނެ ކަމެއްކަމެވެ. މަދުކުރަން މަސައްކަތް ކުރަންވީ ކުދިންނަށް ގެއްލުންލިބޭ ގޮތަށް ސްކްރީނާއެކު ކުދިން ހޭދަކުރާ ވަގުތެވެ.