އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ). ފޮޓޯ: އެމްޑީޕީ
08 Apr 2026 | 15:57
އިސްތިއުފާއެއް ނުދޭނަން، ވޯޓު ނަންގަވާ: ގަޕޯ

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް އެޕާޓީގެ ޗެއާޕާސަން ޢަބްދުލްޢަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 59 އަށްވުރެ ގިނަ ގައުމީ މަޖިލިސް މެންބަރުން ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރަން ހުށަހަޅާފައެވެ. މިކަން ކުރިއަށްދަނިކޮށް، ގަޕޯ އިންނެވި ގްރޫޕެއްގައި މެމްބަރަކު ވަނީ، ގަޕޯއަށް ނިސްބަތްކޮށް ޤައުމީ މަޖިލީހުގެ 55 މެމްބަރުން ސޮއިކުރީމަ ދެން ރަނގަޅުވާނީ މަޤާމުން ދުރަށް ޖެހިލުންކަމަށް ވިދާޅުވެފައެވެ. މެމްބަރުގެ އެ މެސެޖަށް ކުރެއްވި ރިޕްލޭގައި ގަޕޯ ވިދާޅުވީ ޕާޓީގެ ޗެއާޕާސަންކަމުގެ މަޤާމުން އިސްތިއުފާ ނުދެއްވާނޭ ކަމަށެވެ. އަދި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށްވެސް ވަނީ ވިދާޅުވެފައެވެ.

ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މެމްބަރުންގެ ސޮއި ހޯދުން

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށާފައިމިވަނީ، ނިމިގެންދިޔަ އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލަ އާއި އެކަމުގެ ސަބަބުން އެޕާޓީގެ ބައެއް މެމްބަރުން ޖަލްސާ ބޮއިކޮޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި މައްސަލާގައި ބުނީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންކަމުގެ މަގާމު، އޭނާއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ. 

އަދި ޕާޓީއާމެދު ރައްޔިތުން ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި، ޕާޓީއަށް ތާއީދު އިތުރުކޮށް، އާންމު މެންބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް ބުންޏެވެ. 

ޕެޓިޝަނުގައި ބުނެފައިވަނީ ގަޕޯ އަމަލުކުރިގޮތުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، މަސްލަހަތުވެސް ގޯސްވެފައިވާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.