މީގެ ކުރިން އީރާނުން ވައްޓާލި އިސްރާއީލްގެ ޑްރޯނެއް.. ފޮޓޯ: މިޑްއީސްޓް މޮނިޓަރ
ދުނިޔެ
08 Apr 2026 | 19:15
ހަމަލާތައް ހުއްޓާލާފައިވަނިކޮށް އިސްރާއީލްގެ ޑްރޯނެއް އީރާނަށް ވަތް މައްސަލައެއް ހޫނުވެއްޖެ

އެމެރިކާ އާށއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައިވަނިކޮށް އިސްރާއީލަށް ނިސްބަތްވާ ޑްރޯނެއް އީރާނުގެ ސަރަހައްދުގެ ތެރެއަށް ވަތް މައްސަލައެއް ހޫނުވެއްޖެއެވެ.

އަލްޖަޒީރާއިން ބުނެފައިވަނީ، ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައިވަނިކޮށް އީރާނުގެ ހުޅަނގު ދެކުނު ފާރްސް ޕްރޮވިންސްގެ ލާރް ސިޓީގެ ވައިގެ ސަރަހައްދަށް "ހާމީސް 900" މަރުކާގެ ޑްރޯނެއް ވަތްކަމަށް އެޢޤައުމުން ބުނެފައިވާކަމަށެވެ. އީރާނުން ވަނީ އެ ޑްރޯން ހަލާކުކޮށްލާފައެވެ. މި ޑްރޯނަކީ އިސްރާއީލުން އުފައްދައި އާއްމުކޮށް އެމީހުން ބޭނުންކުރާ ޒާތުގެ ޑްރޯނެކެވެ.

މިކަމާ ގުޅޭގޮތުން އެ ގައުމުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނީ، އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގި ކަމުގައި ވިޔަސް، އިސްރާއީލް އަދި އެމެރިކާގެ އުޅަނދެއް ވަނުމަކީ އެއްބަސްވުމާ ހިލާފްވުންކަމަށެވެ. އަދި އެފަދަ އަމަލަކަށް ވަރުގަދަ ބަދަލަކުން ބަދަލު ހިފާނޭކަމަށް އައިއާރުޖީސީން ވަނީ ބުނެފައެވެ.

އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ދެމުންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމުގެ މަސައްކަތް ފަށާފައިވަނީ އެމެރިކާއިންނެވެ. އޭގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ވަނީ އީރާނުގެ ޖީލެއް ނައްތާލަން ޖެހުނަސް ހަމަލާތައް ދޭނޭކަމަށް ބުނެފައެވެ. އެގޮތުން ހަމަލާތައް ދޭނޭކަމުގެ ސުންގަޑި ކަނޑައެޅީ ރޭގެ ނިޔަލަށެވެ. ނަމަވެސް ހަމަލާތައް ދޭން ބުނި ގަޑި ކައިރިވިތަނުން ޓްރަމްޕް ވަނީ އީރާނަށް ދިން އިންޒާރު ކެންސަލްކޮށް ސުލްހަވާން ނިންމާފައެވެ.

އީރާނުގެ ސަރަހައްދުން ޑްރޯން ފެނުނު މައްސަލާގައި އެޤައުމުން ކަންތައް ކުރާނޭގޮތެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.