ފީއަލީ ބޯޓުގައި ރޯވެ އަނދަނީ
ހަބަރު
09 Apr 2026 | 09:43
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

ފ.ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާތީ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 09:15 އެހައިކަންހާއިރުކަމަށެވެ.

އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފީއަލީގައި ހުރި މީހަކު ”ވޮއިސް“ އަށް މައުލޫމާތު ދީފައިވާގޮތުން، މި ހާދިސާ ހިނގި އިރު ބޯޓުގައި ދެމީހުން ތިއްބެވެ. އެތަނުން އެކަކު ފިހިފައިވާއިރު، ބޯޓުގައި އަލިފާން ރޯވުމާއެކު ދެމީހުންވެސް މޫދަށް ފުންމާލީއެވެ. 

”ފިހުނު މީހާ ފުދޭ ވަރަކަށް ފިހިފައި އޮތީ. އޭނާވެސް މޫދަށް ފުންމާލީ. މިހާރު އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން. އޭނާގެ ހާލު ސީރިއަށް ކަމަށް މައުލޫމާތު ލިބެނީ“ ފީއަލިން ވޮއިސް އަށް މައުލޫމާތު ދިން މީހާ ބުންޏެވެ. 

އެމީހާ އިތުރަށް ބުނި ގޮތުގައި ތެޔޮ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރީން ބާރުގަދަ އަޑެއް އިވުނެވެ. އެއާއެކު ބޯޓުގައި އަލިފާންރޯވެފައިވާއިރު، ބޯޓާއި ޖެހިގެންހުރި ދެ ދޯންޏެއްގެ އިތުރުން ދެ ޑިންގީއެއްގައިވެސް ވަނީ ރޯވެފައެވެ. 

އަދި އެތަނުގެ ކައިރީގައި ހުރި އައިސްޕްލާންޓްގައިވެސް ވަރަށްބޮޑަށް ރޯވެފައިވާއިރު، އެތަނާ ޖެހިގެންހުރި ޕެޓްރޯލް ޝެޑާ ހަމައަށްވެސް އަލިފާންގަނޑު ވަނީ ފެތުރިފައި ކަމަށް ބުނެފައިވެއެވެ. 

”އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ. ތެޔޮ ބޯޓުގައި ހުރި އެއްޗެހި ގޮވަމުންދާތީ އެތަނާ ކައިރިވެސް ނުވެވޭ. އެހެންވެ ނިއްވަންވެސް ދަތިތަކާ ކުރިމަތިވަމުންދަނީ. ބަނދަރު ކައިރީ ސަރަހައްދުގައި އުޅޭ މީހުން މިހާރު ދުރު ހިސާބަށް ވަނީ ގެންގޮސްފައި.“ އެމީހާ ބުންޏެވެ.

އަލިފާން ނިއްވުމަށް އެމްއެންޑީއެފުންވެސް އެރަށަށް ދާ ކަމަށް އެ މީހާ މައުލޫމާތު ދީފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.