އީރާނުގެ ހާރިޖިއްޔާގެ ނައިބު.. ފޮޓޯ؛ އޭއެފްޕީ
09 Apr 2026 | 19:31
ސުލްހައިގެ ވާހަކަތަކަށް ދިއުމުގެ ކުރިން ކުރިއަށްއޮތީ ނާޒުކު ވަގުތުކޮޅެއް: އީރާން

އީރާނާއި އެމެރިކާ އާ ދެެމދު ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތައް ފެށުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، ކުރިއަށްއޮތީ ނާޒުކު ވަގުތުކޮޅެއްކަމަށް އީރާނުން ބުނެފިއެވެ.

އެމެރިކާ އާއި އީލާނާދެމެދު ހަމަލާ ބަދަލުކުރުންތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު މިހާރު ދެ ޤައުމުން ތައްޔާރުވަމުން ދަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ތައްޔާރުވަމުންނެވެ. އީރާނުގެ ފާރްސް ނިއުސް އޭޖެންސީން ބުނެފައިވަނީ އެމެރިކާ އާއެކު ބާއްވާ ވާހަކަތަކުގައި ބައިވެރިވުމަށް އީރާނުގެ ވަފުދެއް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ. 

ނަމަވެސް އެއްބަސްވުމުގެ މަޝްވަރާތަކަށް ދިއުމުގެ ކުރިން އީރާނުންވަނީ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަކޮށްފައިވަނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އެމެރިކާއިން ހުއްޓުވުމަށް ކޮށްފައި އޮތް ޝަރުތެވެ. އީރާނުގެ ހާރިޖިއްޔާގެ ނައިބު ސައީދު ޚާތިބްޒާދާ ވިދާޅުވެފައިވަނީ، ސަރަހައްދީ ގޮތުން ގާއިމުކުރެވޭ ކޮންމެ ސުލްހައެއްގައި ލުބުނާން ހިމެނެންވާނެ ކަމަށާއި، "ކުރިއަށް އޮތް ގަޑިއިރުތަކަކީ ވަރަށް ނާޒުކު ވަގުތުކޮޅެއް" ކަމަށެވެ.

އިސްލާމްއާބާދުގައި މަޝްވަރާތައް ފެށި، އެއްބަސްވުމުގެ ތަފްސީލީ ކަންކަން ނިމުމުގެ ކުރިން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ރޫޅިދާނެތީ އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުން އުފެދުނީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާންވެސް ހިމެނޭ ކަމަށް އީރާނުން ބުނުމުންނެވެ.

އިސްރާއީލްގެ އަމަލުތަކާހެދި އެއްބަސްވުމަކާ ހަމަޔަށް ނައިސް ހަމަލާތައް ފެށިދާނެތީ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި އެއްބަސްވުމަކީ މާބޮޑު ސީރިއަސްކަން އޮތް އެއްބަސްވުމެއްކަމަށް އީރާނުން ޤަބޫލުނުކުރާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ އިސްވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލައި އެމެރިކާ އަދި އިސްރާއީލާއެކު އެއްބަސްވުމެއް ހަދައިގެން އެއަށް އެޤައުމުތަކުން އިހުތިރާމް ކުރާނޭކަމަށް އީރާނުން ޤަބޫލުނުކުރުމެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތައް އިސްލާމްއާބާދުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.