ބަޔަކުނނަމާދު ކުރަނީ—ފޮޓޯ/ ވޮއިސް
ދީން
10 Apr 2026 | 13:05
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑު: ހުކުރު ޚުތުބާ

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. 

އިސްލާމީ އުޞޫލުތަކާއި މާތް الله ކަނޑައަޅުއްވާފައިވާ މާތް މައްސަރުތަކަށް އިޙުތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، "ޙުރުމަތްތެރިވެގެންވާ މައްސަރުތައް" މި މައުޟޫޢަށް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނެފައިވާ ގޮތުގައި، އަހަރުގެ ބާރަ މަހުގެ ތެރެއިން ހަތަރު މަހެއް މާތް الله ވަނީ ޙުރުމަތްތެރި ކުރައްވާފައެވެ. އެއީ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ. މި މައްސަރުތަކަކީ އަޅުތަކުން މާތް الله އަށް ކުއްތަންވުމަށާއި، އެކަލާނގެ ޝިޢާރުތައް މަތިވެރިކުރުކމަށް ޚާއްޞަ ކުރައްވާފައިވާ ދުވަސްތަކެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނެފައިވަނީ، ކޮންމެ ވަގުތެއްގައިވެސް ފާފަކުރުމަކީ މާތް الله ކޯފާ ޙައްޤުވާނޭ ކަމެއް ނަމަވެސް، ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން މާ ބޮޑުވެގެންވާ ކަމަށެވެ. އެއީ އެފަދަ ޢަމަލަކީ މާތް الله މަތިވެރިކުރައްވާފައިވާ ކަންކަމުގެ ޙުރުމަތް ކަނޑައި، އެކަލާނގެއަށް އުރެދުން ކަމުގައި ވާތީއެވެ. އިބްނު ޢައްބާސް (ރަޟިޔަالله ޢަންހު) ގެ ބަސްފުޅާ ޙަވާލާދީ ޚުތުބާގައި ބުނީ، މި މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުވާ ފަދައިން، ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބުވެސް އިތުރުވާނެ ކަމަށެވެ.

ޖާހިލިއްޔަ ޒަމާނުގައި މި މައްސަރުތަކަށް އުނި އިތުރު ގެނައި ނަމަވެސް، ރަސޫލާ ﷺ ވަނީ ޙައްޖަތުލްވަދާޢުގައި މި މައްސަރުތަކަކީ ކޮބައިކަން ސާފުކޮށް އުންމަތަށް ބަޔާންކޮށްދެއްވާފައެވެ.

މުއުމިނު އަޅާގެ މައްޗަށް އޮތީ މިފަދަ މަތިވެރި ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވުން ކަމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ. އެގޮތުން ގިނަގިނައިން ޛިކުރުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ރޯދަހިފުމާއި، ޞަދަޤާތްކުރުމުގެ އިތުރުން ނިކަމެތީންނަށް އެހީތެރިވުން ފަދަ ހެޔޮ ޢަމަލުތައް ގިނަކުރުމަށް ގޮވާލާފައިވެއެވެ. އަދި ހިތްތައް ޠާހިރުކޮށް، ޣީބަބުނުމާއި، ދޮގުހެދުމާއި، މީހުންނަށް އިހާނެތިކޮށް ހިތުން ފަދަ ފާފަތަކުން ދުރުހެލިވުމަށްވެސް ބާރުއަޅާފައިވެއެވެ.

ޚުތުބާ ނިންމާލަމުން ވަނީ، ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާތް الله އަށް ތަޤުވާވެރިވުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ދީނަށް އަލަށް ގެންނަ ބިދުޢަތަކުން ދުރުހެލިވެ، ރަސޫލާ ﷺ ގެ ސުންނަތުގައި ސާބިތުވެ ތިބުމަށްވެސް ގޮވާލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.