ހިޔާލުތަފާތުވި ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ
ހަބަރު
10 Apr 2026 | 23:07
މައްސަލަ ހައްލު ކޮށްފިން، 2028 ގެ އިންތިހާބަށް ދާނީ މުޅި ލީޑާޝިޕް އެކީގައި: ސޯލިހް

އެމްޑީޕީގެ ލީޑާޝިޕްގައި މި ފަހަރު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކޮށް ހުރިހާ ލީޑަރުންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ އުފަން ރަަށް -- ޅ. ހިންނަވަރުގައި އޮތް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފަހަރު ހިޔާލުތަފާތުން އުފެދުނީ އެމްޑީޕީއަށް ލިބުުނު ކާމިޔާބީ ފާހަގަ ކުރުމުގެ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނެތުމުންނެވެ. އެ ހިޔާލުތަފާތުވުން ބޮޑެވެ ނަޝީދުގެ ފެކްޝަނުން ޖަލްސާ ބޮއިކޮޓް ކުރި އެވެ. ފަހުން ވަނީ ނަޝީދުގެ ވަފާތެރިން ކަމަށް ތުހުމަތުކޮށް ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރައްވާފަ އެވެ.

އަދި ނަޝީދު، ކެމްޕެއިނަށް ނިކުންނަވަން ދެކޮޅު ހެެއްދެވި ކަމަށް ވެސް ލީޑާޝިޕުން ތުހުމަތު ކުރެއްވި އެވެ. ނަޝީދުގެ ވަފާތެރީންގެ ނަޒަރުގައި ކާމިޔާބުގެ އަސްލަކީ އެމަނިކުފާނު ކެމްޕެއިނަށް ނިކުންނެވުމެވެ.

މިރޭ އޮތް ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށާ އަބަދުވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި ހިޔާލުތަައް އެއްގޮތް ކުރުވާ މެންބަރުން އެދޭ ގޮތަށް އެކިއެކީ ކުރިއަށް ދިއުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރީން ވެސް ކޮށްފައި ހުންނާނެ ކަމަަށާ އޭގެ ނަތީޖާ ވެސް ފެނިފައިވާ ކަމަަށެވެ.

ސޯލިހް ވިދާޅުވީ މި ފަހަރުވެސް ދިމާވީ އަބަދުވެސް ދިމާވާ ކަހަލަ ހިޔާލުތަފާތުވުންތަކެއް ކަމަށެވެ. ނަމަވެސް މި ފަހަރު ދިމާވި ގޮތުން އާންމު މެންބަރުން ވަރަށް މާޔޫސްކުރުވި ކަމަކަަށް އެކަން ވެގެންދިޔަ ކަމަަށާ އެ ދުވަހުން ފެށިގެން އެކަންކަން ހައްލުކޮށް މެންބަރުން އެދޭފަދަ ގޮތްތަކެއް ހޯދުމަށް ކެނޑިނޭޅި ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ.

އެމަނިކުފާނު ވަނީ އާންމު މެންބަރުން އެދޭގޮތަށް ލީޑާޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދިއްޖެ ކަމުގައި ވެސް އިއުލާނު ކުރައްވާފަ އެވެ. އަދި ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީ ނިކުންނާނީ ލީޑާޝިޕް އެކީގައި އޮވެގެން ކަމަށެވެ.

“މީގެ ދެ ދުވަސްކުރީން މި ޖެހުނު މައްސަލައާ އެކީގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މި ތިބި މީހުން މިދަނީ މަޝްވަރާކޮށް މިއަަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މިހާހިސާބަށް އާދެވުނުއިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި،” ރައީސް ސޯލިހް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.