ވުލްވްސް އަތުން މޮޅުވުމަށްފަހު ވެސްޓްހޭމްގެ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ބެއިން ސްޕޯޓްސް
ކުޅިވަރު
11 Apr 2026 | 10:11
ވޮލްވްސް އަތުން ވެސްޓްހޭމަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރިމެޗް ވެސްޓްހޭމް ކާމިޔާބުކޮށް ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލައިފިއެވެ.

ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މިމެޗް، ވުލްވްސްގެ މައްޗަށް އެޓީމް ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗްގައި ވެސްޓްހޭމްގެ ފަރާތުން ފެނިގެންދިޔަ ހަތަރު ލަނޑުގެ ތެރެއިން ގިނަ ލަނޑުތައް ފެނިގެންގޮސްފައިވަނީ ފަހު ހާފްގައެވެ. ވެސްޓްހޭމްއަށް ގޯލް ހުޅުވާލަދިނީ 42 ވަނަ މިނެޓް ތެރޭގައި ތަޖުރިބާކާރު ކުޅުންތެރިޔާ މަވްރޮޕަނޮސް އެވެ.

މެޗްގައި ދެން ވެސްތްހޭމްގެ ތިން ލަނޑުވެސް ފެނިގެންގޮސްފައިވަނީ ފަހު ހާފްގައެވެ. އެގޮތުން ދެވަނަ ލަނޑު 66 ވަނަ މިނެޓް ތެރޭގައި  ކަސްޓެޔަނޯސް ކާމިޔާބުކޮށްދިން އިރު، އޭގެ އިރުކޮޅެއްފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

މެޗްގެ އެންމެފަހު ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން މަވްރޮޕަނޮސް އެވެ. މެޗްގައި ވުލްވްސްއަށް ލަނޑެއް ނުޖެހުނު ނަމަވެސް އެޓީމުންވެސް ވަނީ ވެސްޓްހޭމްގެ ޑިފެންސްއަށް އުނދަގޫކޮށްފައެވެ.

މެޗުން ވެސްޓްހޭމް މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމް ވަނީ، ތާވަލްގެ 17 ވަނަ އަށް ޖެހިލާފައެވެ. އެޓީމް މިވަގުތު އޮތީ ސްޕާސްއަށްވުރެވެސް ކުރީގައެވެ.

ޕްރިމިއާ ލީގް ތާވަލް

އިނގިރޭސި ޕްރިމިއާ ލީގްގައި މިއަދުވެސް ވަރަށް މުހިންމު މެޗްތަކެއް ކުޅުމަށް ވަނީ ތާވަލްކޮށްފައެވެ. އޭގެ ތެރޭގައި އާސެނަލް އާއި ބޯން މައުތު ބައްދަލުކުރާ މެޗާއި، ލިވަޕޫލާ ފުލަމް ބައްދަލުކުރާ މެޗް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން އާސެނަލް ކުޅޭ މެޗުން އެޓީމް ތިން ޕޮއިންޓް ހޯދައިފިނަމަ، ޕްރިމިއާ ލީގް ހޯދުމަށް އެޓީމް ކުރާ މަސައްކަތްތަކަށް ވަރަށްބޮޑު ފަސޭހަކަމެއ ްލިބިގެންދާނެއވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.