ރައީސް ނަޝިދު ފައްޔާޒު އަދި ރައީސް ސޯލިހާއެކު
ހަބަރު
11 Apr 2026 | 12:04
އެމްޑީޕީ އެތެރޭގެ ހިލާފްތައް ހަމަޔަކަށް އެޅުވުމަށް ފައްޔާޒް އަދާކުރި ދައުރަށް ރައީސް ނަޝީދުގެ ތައުރީފް

އެމްޑީޕީ އެތެރޭގެ ހިލާފްތައް ހަމަޔަކަށް އެޅުވުމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އަދާކުރެއްވި ދައުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

ނިމިގެންދިޔަ އިންތިހާބަށްފަހު އިދިކޮޅު އެމްޑީޕީގެ ތެރޭގައި ހިލާފްތަކެއް އުފެދި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މަގާމުން ވަކިކުރުމުެގ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ގަޕޯ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށީ، އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލާގައެވެ. އެ މައްސަލާގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ޖަލްސާ ބޮއިކޮށްވެސް ކޮށްފައެވެ.

މިކަން މިހެންވެފައި ވަނިކޮށް އެމްޑީޕީން ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލްތަފާތުވުން ނިމުމަކަށް އައިސް އެންމެން އެއްގަލަކަށް އަރާފައިވާކަން ފާަހަގަކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ހިޔާލް ތަފާތުވުންތައް ހަމަޖެއްސުމަށް ފައްޔާޒް އިސްމާއީލް ބުރަ މަސައްކަތްތަކެއް ކޮށްދެއްވިކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ ރައީސް ސޯލިހަށާއި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާަހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދިން މައްސަލާގައި ގަޕޯ މަޤާމުން ވަކިކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމެއް ހޯމަ ދުވަހު ބާއްވަން ނިންމާ އެކަން ގައުމީ މަޖިލީހުގެ މެމްބަރުންނަށް ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ގަޕޯ ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިއަށް ގެންދަންވީކަމަށެވެ. 

އެމްޑީޕީގެ އެތެރޭގެ ހިޔާލްތަފާތުވުންތައް ނައްތާލެވިއްޖެކަން ފާހަގަކުރައްވަމުން ހިންނަވަރުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ، އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނާނީ ޕާޓީގެ ލީޑަރޝިޕް އެކަތިގަނޑަކަށް ވެގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.