ވަގުތީ ކޮމެޓީގެ މެންބަރުން
ހަބަރު
11 Apr 2026 | 22:32
ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެން އެމްޑީޕީ ހިންގުން ހަ ބޭފުޅުންގެ ކޮމެޓީއަކަަށް

އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ހިންގުމުގެ ކަންކަން ހަ މެމްބަރުން ހިމެނޭ ކޮމިޓީއަކާ ހަވާލުކުރުމަށް ނިންމައިފި އެވެ.

އެ ނިންމުން ނިންމީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. މިރޭގެ ޖަލްސާގައި އެ ގޮތަށް ހުށައެޅުމުން 61 މެންބަރުން ވޯޓް ދެއްވި އެވެ.

އެމްޑީޕީ ހިންގުމަށް ނެގި ވަގުތީ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ފަސް ލީޑަރުންގެ ތެރޭގައި ހިމެނެނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒް އިސްމާއީލް، ރައީސް ނަޝީދު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ، އަދި އެމްޑީޕީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދާއި ޕީޖީ ލީޑަރު ނާޒިލް އެވެ.

މި ކޮމެޓީ ދެމި އޮންނާނީ އައު ޗެއަރޕާސަން އިންތިހާބު ކޮށް ނިމެންދެނެވެެ.

އެމްޑީޕީ ހިންގުމަށް ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިމިވަނި އެޕާޓީގެ އެތެރޭގައި ހިޔާލްތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.

ނިމިގެންދިޔަ އިންތިހާބަށްފަހު އެމްޑީޕީ ތެރޭގައި އުފެދުނު ނުތަނަވަސްކަން މިހާރު ހައްލުވެފައިވާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ އެތެރޭގެ ހިޔާލްތަފާތުވުމެއް އުފެދުނީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު މިހާރުގެ ޗެއާޕާސަނަށް ތާއިދުކުރާ ފަރާތްތަކުން ނުދިން މައްސަލާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.