ފައްޔާޒު އިސްމާއީލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Apr 2026 | 10:38
ބައެއް ފަހަރު ސުލްހަވެރި އެއްބަސްވުމަކަށް އައުމަށް ދެބަސްވާންވެސް ޖެހޭ: ފައްޔާޒު

ބަައެއް ފަހަރު ސުލްޙަވެރި އެއްބަސްވުމަކަށް އާދެވެނީ ދެބަސްވުމެއްގެ ތެރެއިން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާަސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓްގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ”ކްރެޑިޓް“ ނެގުމަށް އެކި ފަރާތްތަކުން ނަގަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.

އެއަށްފަހު، އެ އިންތިހާބުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއާ ގުޅުވައި  ހިޔާލުތަފާތުވުންތައް ބޮޑުވެގެންދިޔައެވެ.

އެގޮތުން އެ ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު، މިހާރުގެ ޗެއާޕާސަން އަބްދުލްޣަފޫޜު މޫސާއާއި ޕާޓީގެ ބައެއް ފަރާތްތަކުން ނުދިން މައްސަލަ ވަރަށް ބޮޑަށް ހޫނުވިއެވެ. އެ މައްސަލައިގައި ފައްޔާޒް ވިދާޅުވެފައިވަނީ އޭނާއަށް ފުރުސަތު ނުދިން ނަމަވެސް، ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

އެފަހުން، މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރެވި، ލީޑާޝިޕްގެ މެދުގައި އެއްބަސްވުމަށް އާދެވުނުކަމަށް ރައީސް ޞާލިޙްވެސް އިއްޔެ ވަނީ ވިދާޅުވެފައެޗެ.  

އަދި ރޭގައި ބޭއްވުނު އެމްޑީޕިގެ ގައުމީ މަޖިލިސް ކުއްލި ޖަލްސާގައި ޕާޓީ ހިންގުމަށް ހަ މެންބަރުންގެ ކޮމިޓީއެއް އުފެއްދުމަށް ހުށަހެޅުމުން، އެ ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި 61 މެންބަރުން ވަނީ ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

ޕާޓީ ހިންގުމަށް އެކުލަވާލި މި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ އިސް ހަ ލީޑަރުންނެވެ. އެ ބޭފުޅުންނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ މިހާރުގެ ރައީސް އަބްދުالله ޝާހިދު، ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ އަދި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.

މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ފައްޔާޒް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ބައެއް ފަހަރު އެއްބަސްވުމަކަށް އައުމަށް ދެބަސްވާންޖެހޭ"  ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.