އަލިފާނުގެ ހާދިސާގައި ސޮނޭވާ ޖާނީގެ މައި ރެސްޓޯރަންޓް އަނދާ ހުލިވެއްޖެ

ރެސްޓޯރަންޓްގައި އަލިފާން ރޯވެފައި --

ސޮނޭވާ ޖާނީ ރިސޯޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓްގެ ރެސްޓޯރަންޓް އަނދާ ހުލިވެއްޖެ އެވެ.

ފުލުހުން ބުނީ ނ. އަތޮޅުގައި ހިންގާ އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 2:04 ހާއިރު ކަަމަށް ވެސް ބުންޏެވެ.

އަލިފާން ނިއްވުމުގެ މަަސައްކަތުގައި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި ރިސޯޓް މުވައްޒިފުން ގުޅިގެން ވަނީ މަަސައްކަތް ކޮށްފަ އެވެ.

އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ރޯވެފައިވަނީ ސޮނޭވާގެ މޫދު ކޮޓަރިތަކާއި ކައިރީގައިވާ ރެސްޓޯރަންޓްގަ އެވެ. އެތަން ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ރެސްޓޯރަންޓް ވަނީ އެކަށް އަނދާފަ އެވެ.

ކޮމެންޓް