އަލިފާން ރޯވި ގެ: ފޮޓޯ/ އެންޑީއެމްއޭ
ހަބަރު
13 Apr 2026 | 08:43
ހުރާގައި ގެއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް؛ އަލިފާން ފުރަތަމަ ރޯވީ ތިންމައިން ނިދާފައި ތިބި ކޮޓަރީގައި

‏ކ.ހުރާގައި 15 މީހުން ދިރިއުޅެމުންދާ ގެއެއްގައި، ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ހުރާ ކައުންސިލުގެ ރައީސް ޢީސާ އަހުމަދު ”ވޮއިސް“ އަށް މައުލޫމާތު ދެއްވި ގޮތުގައި އަލިފާން ރޯވެފައިވަނީ ރޭ ގާތްގަނޑަކަށް 12:30 ކަންހާއިރުއެވެ. އަދި އަލިފާން ނިއްވައިލެވުނީ 2 ޖަހާ ދިޔަފަހުންނެވެ. 

ފުރަތަމަ އަލިފާން ރޯވީ މަންމަ އަކާއި އޭނާގެ ދެ ދަރިން ނިދާފައި އޮތް ކޮޓަރީގައެވެ. އަދި އެ ކޮޓަރީގައި ރޯވި ސަބަބު އަދި ޔަގީން ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ހޫނުވެ ދިމާވި ކަމަކުން ކަމަށް ވިދާޅުވިއެވެ. 

”ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ގޮވައިގެން ދިމާވި ކަމެއް ކަމަށް. ރޯވި އިރު އެ ކޮޓަރީގައި ތިބީ މަންމަ އާއި އޭނާގެ ދެ ދަރިން. މާތް اللهގެ އިރާދަފުޅުން ކުދިންނަށް އަނިޔާއެއް ނުވެ ސަލާމަތް ކުރެވުނު. ކުދިންގެ މަންމަގެ އަތުގެ އިނގިލިތައް ފިހުނު.“

ހުރާ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކުދިންގެ މަންމައަށް ލިބުނު އަނިޔާއަށް ހުރާ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާ މިއަދު 6:00 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ. 

”ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް ނަފްސާނީ ގޮތުން ވަރަށް އަސަރު ކޮށްފައި ހުރީ މަންމައަށް. ވާހަކައެއްވެސް ނުދައްކާ އަދިވެސް. ހުއްޓިފަ ހުންނަނީ. އެހެންވެ މާލެއަށް ފޮނުވާލާފައި ވަނީ މިހާރު. “ ހުރާ ކައުންސިލުން ބުންޏެވެ. 

ރޭގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި މުޅި އެ ގެވެސް އަނދާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އަދި، މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.