ހުރާ އަލިފާނުގެ ހާދިސާގައި ރޯވި ގެ
ހަބަރު
13 Apr 2026 | 10:17
ހުރާ ގެއެއްގައި ރޯވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގުކުރަންފަށައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 01:18 އެހައިކަންހާއިރު ކަމަށެވެ. 

އަދި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު މާލެ ގެނެވިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާގުޅިގެން ހުރާ ކައުންސިލުގެ ރައީސް ޢީސާ އަހުމަދު ”ވޮއިސް“ އަށް މައުލޫމާތު ދެއްވި ގޮތުގައި އަލިފާން ރޯވެފައިވަނީ ރޭ ގާތްގަނޑަކަށް 12:30 ކަންހާއިރުއެވެ. އަދި އަލިފާން ނިއްވައިލެވުނީ 2 ޖަހާ ދިޔަފަހުންނެވެ. 

ފުރަތަމަ އަލިފާން ރޯވީ މަންމަ އަކާއި އޭނާގެ ދެ ދަރިން ނިދާފައި އޮތް ކޮޓަރީގައެވެ. އަދި އެ ކޮޓަރީގައި ރޯވި ސަބަބު އަދި ޔަގީން ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ހޫނުވެ ދިމާވި ކަމަކުން ކަމަށް ވިދާޅުވިއެވެ. 

”ބެލެވެނީ ޗާޖަށް ޖަހާފައި އޮތް ފޯނު ގޮވައިގެން ދިމާވި ކަމެއް ކަމަށް. ރޯވި އިރު އެ ކޮޓަރީގައި ތިބީ މަންމަ އާއި އޭނާގެ ދެ ދަރިން. މާތް اللهގެ އިރާދަފުޅުން ކުދިންނަށް އަނިޔާއެއް ނުވެ ސަލާމަތް ކުރެވުނު. ކުދިންގެ މަންމަގެ އަތުގެ އިނގިލިތައް ފިހުނު. ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް ނަފްސާނީ ގޮތުން ވަރަށް އަސަރު ކޮށްފައި ހުރީ މަންމައަށް. ވާހަކައެއްވެސް ނުދައްކާ އަދިވެސް. ހުއްޓިފަ ހުންނަނީ. އެހެންވެ މާލެއަށް ފޮނުވާލާފައި ވަނީ މިހާރު..“ ހުރާ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި މުޅި އެ ގެވެސް އަނދާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އަދި، މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.