ރަޝިއާގެ ހާރިޖީ ވަޒީރު... ފޮޓޯ: އޭއެފްޕީ
ދުނިޔެ
14 Apr 2026 | 21:14
އެމެރިކާއިން ހޮރްމޫޒް ބަންދުކޮށްފައި ވަނިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް

އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅިއަށް އަތްގަދަކުރަމުން ދަނިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގެއި ލެވްރޯފް ބެއިޖިންގަށް ވަޑައިގެންފިއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުން ލެވްރޯފް މިއަދު ބެއިޖިންއަށް ވަޑައިގަތުމުން ޗައިނާއިން ވަނީ އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ލެވްރޯފް ޗައިނާއަށް މިއަދު ވަޑައިގެންނެވިއިރު، އޭނާ ވަނީ ހޯމަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޣްޗީއާ ފޯނުން މަޝްވަރާ ކުރައްވާފައެވެ.

މި ފޯނުކޯލާ ގުޅޭގޮތުން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ހަތިޔާރު އެޅި ކުރިމަތިލުމެއް އަލުން ތަކުރާރުވިޔަ ނުދިނުމުގެ މުހިންމުކަން ލެވްރޯފް ފާހަގަކުރެއްވި ކަމަށެވެ. އަދި މި މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި ހައްލު ހޯދުމަށް ރަޝިޔާ އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ބަޔާނުގައި ބުންޏެވެ. ޢަރަޣްޗީ ވަނީ އެއްވެސް ކުރިއެރުމެއް ނުލިބުނު ޕާކިސްތާނުގައި ބޭއްވި އެމެރިކާ-އީރާން މަޝްވަރާތަކުގެ ތަފްސީލް ލެވްރޯފަށް ހިއްސާކުރައްވާފައެވެ.

އީރާނުގެ ބޮޑު ވިޔަފާރި ބައިވެރިއެއް ކަމަށްވާ ޗައިނާއަށް ވެސް މި ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަކަތައިގެ ކާރިސާގެ އިޤުތިޞާދީ އަސަރު ދަނީ ކުރަމުންނެވެ. އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ އުޅަނދުފަހަރު ބަންދުކުރުމަށް އެމެރިކާއިން ފެށި ސްކީމް ޗައިނާއިން ވަނީ ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ.

"ހޮރްމޫޒް ކަނޑުއޮޅިއަކީ މުދަލާއި ހަކަތައިގެ މުހިންމު ބައިނަލްއަޤުވާމީ ވިޔަފާރި މަގެއް. އެ މަގުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ކަމެއް" ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ހޯމަ ދުވަހު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.