ސަޢުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން
ދުނިޔެ
15 Apr 2026 | 09:00
ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފި

އީރާނުން ސައުދީ އަރަބިއްޔާގެ ހަކަތައިގެ މަރުކަޒުތަކަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މެދުކެނޑުނު މަސައްކަތްތައް އަލުން ފަށައި، ދުނިޔޭގެ ބާޒާރަށް މެދުކެނޑުމެއްނެތި ހަކަތަ ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހު ޖިއްދާގައި ބޭއްވުނު ސައުދީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނެވެ.

މި ބައްދަލުވުމަށްފަހު މީޑިއާ މިނިސްޓަރު ސަލްމާން އަލް-ދޯސަރީ ވިދާޅުވީ، ހަމަލާތަކުގެ ސަބަބުން ގެއްލުންލިބުނު މަރުކަޒުތަކުގެ އުފެއްދުންތެރިކަން އަލުން އިއާދަކުރުމުގައި ޓެކްނިކަލް ޓީމުތަކުން ހޯދި ކާމިޔާބީއަށް ކެބިނެޓުން ތައުރީފުކޮށްފައިވާ ކަމަށެވެ. އަދި މި އަވަސް ރިކަވަރީއަކީ ސައުދީގެ ހަކަތައިގެ ދާއިރާގެ ވަރުގަދަކަމާއި، ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން ހުރި މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން ވަނީ ގައުމުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ ކޮންމެ މަސައްކަތެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ވަކިން ހާއްސަކޮށް އިރާގުގެ ސަރަހައްދުތައް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުން ކުށްވެރިކޮށް، އެފަދަ ނުރައްކާތަކާ ދެކޮޅަށް އިރާގު ސަރުކާރުން ޒިންމާދާރު ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އިއްޔެގެ ބައްދަލުވުމުގައި ހައްޖު މޫސުމާ ދިމާކޮށް ގެންނަ ޖަނަވާރުންގެ ޓެކުހާއި ކަސްޓަމްސް ޑިއުޓީ ސަރުކާރުން ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ލަގްޒެމްބާގް، ޓެންޒޭނިއާ، ޗައިނާ، ހޮންކޮންގް އަދި ގަތަރާއެކު އެކި ދާއިރާތަކުން ގުޅުން ބަދަލުކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. ސައުދީ ޕޯސްޓާއި އެމެރިކާގެ ޕޯސްޓަލް ސާވިސްއާ ދެމެދު ކަސްޓަމްސް ޑޭޓާ އިލެކްޓްރޯނިކްކޮށް ބަދަލުކުރުމުގެ އެއްބަސްވުމެއްވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.