އަވައްޓެރި ސްރީލަންކާގައި ނިމިގެންދިޔަ ސަރަހައްދީ ޖިއު ޖިޓްސީ އޭޝިއަން ރީޖަނަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރި އެތްލީޓުން ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފިއެވެ.
ސްރީލަންކާގެ ޑިގާނާގައި މިހިނގާ އޭޕްރިލްމަހުގެ 11 އިން 12 އަށް ބޭއްވި މި މުބާރާތުގައި ރާއްޖެއިން 8 އެތްލީޓުން ވާދަކުރިއެވެ. އެއީ އަހުމަދު ސިނާން، ހުސައިން ޝަހާއު، މުހައްމަދު ޝާން ހަސަން، އީވާ ޒުލާލް ޒައީމް، ޔަލްމައީ ބާސިތު، އައިދިން މުހައްމަދު، މަރިޔަމް އައިނީ އަދި އިޝާން މުހައްމަދެވެ.
މުބާރާތުގައި ރާއްޖެއިން ވަނީ، 3 ބްރޯންޒް މެޑަލް އާއި 6 ސިލްވާ މެޑަލް ހޯދާފައެވެ.
މުބާރާތުގައި ރާއްޖެއިން ވާދަކުރި އެތްލީޓެއް
ޖިއު ޖިޓްސޫ ޗެމްޕިއަންޝިޕް މުބާރާތުން ބްރޯންޒް މެޑަލް ހޯދި އެތްލީޓުންނަކީ އަހުމަދު ސިނާން، ޔަލްމީ ބާސިތް، އަދި މަރިޔަމް އައިނީއެވެ. ސިލްވަރ މެޑަލް ހޯދާފައިވަނީ، ޒުލާލް ޒައީމް، އައިދީން މުހައްމަދު، އިޝާން މުހައްމަދު އަދި މަރިޔަމް އައިނީއެވެ.
އެތްލީޓުން ހޯދި ވަނަތަކަށް ބަލާއިރު، އަހުމަދު ސިނާން ވަނީ 77- ކިލޯ ކެޓަގަރީގެ ބީޖޭޖޭއިން ލޯ މެޑަލް ހޯދައިފައެވެ. 70 މަތީގެ ކިލޯ ކެޓަގަރީގެ ފައިޓިން ޑިސިޕްލިންއިން އީވާ ރިހި މެޑަލް ހޯދި އިރު، ޔަލްމައީ ވަނީ 57 ދަށުގެ ކިލޯ ކެޓަގަރީ ފައިޓިން އަދި ބީޖޭޖޭ ޑިސިޕްލިންއިން ލޯ މެޑަލް ހޯދާފައެވެ.
މުބާރާތުގައި ރާއްޖެއިން ވާދަކުރި އެތްލީޓެއް
މީގެ އިތުރުން 99 ކިލޯއިން މަތީ ކެޓަގަރީ އައިދިން ސިލްވާ މެޑަލް ހޯދި އިރު، އޭނާ ވަނީ ބީޖޭޖޭ ކެޓަގަރީންވެސް އޭނާ ވަނީ ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން އިސާންވެސް ވަނީ ދެ ކެޓަގަރީއަކުން ރިހިމެޑަލް ހޯދާފައެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ޕާކިސްތާން، އަފްގާނިސްތާނުގެ އިތުރުން ބަންގްލަދޭޝް ބައިވެރިވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists