ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް މިއަދު ޢައްޔަން ކުރައްވައިފި އެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.
މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ. މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ. އެ މަގާމުން ކުއްލި ގޮަތަކަށް ވަކިކުރެއްވީ ޕީއެންސީއަށް ވޯޓްނުދޭން މުންދުގެ މަންމަ -- މެންބަރު އަސްމާ ރަޝީދު ވާހަކަ ދައްކަވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެފައިވަނިކޮށެވެ.
މުންދުގެ ކުރީން ސަރުކާރުގެ އިސް ތަރުޖަމާނަކަށް ހުންނެވީ ހީނާ ވަލީދެވެ. އެކަމަނާއަށް އިއްޔެ ވަނީ މިނިސްޓަރުކަން ދެއްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists