މެޗަށްފަހު އާސެނަލްގެ ކުޅުންތެރިން... ފޮޓޯ: އާސެނަލް
ކުޅިވަރު
16 Apr 2026 | 09:38
ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އާސެނަލަށް

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް ހަނިގޮތަކަށް އިނގިރޭސިވިލާތުގެ އާސެނަލް ހޯދައިފިއެވެ.

މުބާރާތުގެ ސެމީގެ ޖާގައެއް އާސެނަލް ކަށަވަރުކޮށްފައިވަނީ، ރޭ ޕޯޗްގަލްގެ ސްޕޯޓިން ލިސްބަން އާ ދެކޮޅަށް ކުޅުނު މެޗަށްފަހުއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް ޕޯޗްގަލްގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އެވެ.

ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް އާސެނަލަސް ކަށަވަރުވީ ދެމެޗެގް ޖުމްލަ ނަތީޖާއަށް ބަލައި 0-1 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. އާސެނަލް ރޭގެ މެޗަށް ނިކުތްއިރު އެޓީމްގެ ފޯމް ވަނީ ގެއްލިފައެވެ. އެގޮތުން އެންމެފަހުން އާސެނަލް ކުޅުނު ފަސް މެޗަށް ބަލާއިރު އެޓީމް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

އާސެނަލް އާއި ސްޕޯޓިން ލިސްބަން ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އާސެނަލް

ރޭގެ މެޗަށް އާސެނަލް ނިކުތީ އަނިޔާގެ ސަބަބުން ބުކާޔޯ ސާކާ، މާޓިން އޮޑެގާޑް، ޔޫރިއެން ޓިމްބާ އަދި ރިކާޑޯ ކަލަފިއޯރީ ނުލައެވެ. މެޗްގައި އާސެނަލްގެ ޑެކްލަން ރައިސް ފެނުނު ނަމަވެސް އޭނާ އުޅެނީ ބަލިވެއެވެ. ރޭގެ މެޗްގައި އާސެނަލަށް ކުރިމަތިވި އެންމެބޮޑު ބޮލުގެ ރިހުމަކީ، ވިންގާ ނޯނީ ގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. ކުރިއަށް އޮތީ ޕްރިމިއާ ލީގްގައި މެންޗެސްތަރ ސިޓީ އާ ދެކޮޅަށް ކުޅެންޖެހޭ މެޗްކަމުން މިއީ އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާއަށް ކުރިމަތިވި ނުތަނަވަސްކަމެކެވެ.

ޗެމްޕިއަންސްލީގް ސެމީފައިނަލުގައި އާސެނަލް ނިކުންނާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.