ދީން
17 Apr 2026 | 13:02
މުދާ އެއްކޮށް އެއިން ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ލިބޭނެ: ޚުތުބާ

މުދާ އެއްކޮށް، އޭގެ ޒަކާތް ނުދައްކާ ތިބޭ މީހުންނަށް އާޚިރަތް ދުވަހުން ވޭންދެނިވި އަޒާބު ލިބޭނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ޚުތުބާގައި ދީފިއެވެ.

މިއަދުގެ ޚުތުބާ ބިނާކޮށްފައިވަނީ އިސްލާމްދީނުގެ މުހިންމު ރުކުނެއް ކަމުގައިވާ މުދަލު ޒަކާތުގެ މައްޗަށެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ޞަދަޤާތެއް ނޫނެވެ. އަދި އެއީ ނިކަމެތީންނަށް ވެދެވޭ އިޙުސާންތެރިކަމެއް ނޫން ކަމަށާއި، އެއީ މާތް الله ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، ޢަދުލުވެރިކަމުގެ މަތިވެރި އިލާހީ ނިޒާމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ކީރިތި ޤުރްއާނުގެ އަށާވީހަކަށް އާޔަތުގައި ނަމާދާ ގުޅުވައިގެން ޒަކާތުގެ ވާހަކަ އައިސްފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ނަމާދަކީ އަޅާއާ ޚާލިޤުވަންތަ اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ اللهގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުން ކަމަށްވާތީ، ޒަކާތް ނެރުމަކީ ނަފުސު ދަހިވެތިކަމުން ޠާހިރުކޮށްދީ، މުދަލުގައި ބަރަކާތްލައްވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ، ޒަކާތަކީ މުދަލުގެ ތެރޭގައި ހިމެނޭ "ކަނޑައެޅިގެންވާ ޙައްޤެއް" ކަމަށެވެ. މުދަލުގެ ނިޞާބު ހަމަވެ، އަހަރު ފުރިހަމަވުމުން ނެރެންޖެހޭ 2.5 އިންސައްތައަކީ އެތައް މިލިއަން ބަޔަކު ފަޤީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެއް ކަމަށް ޚުތުބާގައި ބުންޏެވެ. މިސާލެއްގެ ގޮތުން، އިންޑޮނޭޝިއާގައި 2024 ވަނަ އަހަރު އެކަނިވެސް 1.35 މިލިއަނަށް ވުރެ ގިނަ މީހުން ޒަކާތުގެ ސަބަބުން ފަޤީރުކަމުން ސަލާމަތްވެފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.

މުދާ އެއްކޮށް ޒަކާތް ނުދައްކާ މީހުންނަށް އޮތް އިންޒާރު ބަޔާންކުރަމުން ޚުތުބާގައި ބުނީ، އެފަދަ މީހުން އެއްކުރި ރަނާއި ރިހި ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެ މީހުންގެ ނިތްކުރިތަކާއި އަރިކަށިތަކުގައި ފާހަގަލައްވާނެ ކަމަށެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ރަނާއި ރިހި خَزَانَةކޮށް، اللهގެ މަގުގައި އެ ތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި عَذَابُހުރިކަމުގެ خَبَرُ، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތީން) އޭނާ، އެއްކޮށް خَزَانَةކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތީން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ نَفْسُތަކަށް ޓަކައި، ތިޔަބައިމީހުން އެއްކޮށް خَزَانَةކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން خَزَانَةކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ!"

ޚުތުބާގައި ބުނީ، ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން ކަމަށާ އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެއް ކަމަށެވެ.

އެހެންކަމުން، ދިރިއުޅުމުގެ މަޝްޣޫލުކަމަކީ ޒަކާތް ދެއްކުން ފަސްކުރުމަށް އޮތް އުޒުރެއް ކަމަށް ނުހެދުމަށާއި، ލަސްނުކޮށް ޒަކާތް އަދާކުރުމަށް މިއަދުގެ ޚުތުބާގައި ހުރިހާ މުސްލިމުންނަށް ގޮވައިލިއެވެ.

ކޮމެންޓް
ހަސަން
ދިވެހިންގެ ތެރޭގަ މުސްލިމުންނަކީ މަދުބަޔެއް ޒަކަތް ނެގޭނީ މުސްލިމުންގެ އަތުން އިލާހީގާނޫނު ތަންފީޒުކުރާ ބަޔަކައް
18 Apr 2026
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.