މީހަކު ވޯޓުލަނީ... ފޮޓޯ؛ ވޮއިސް
ހަބަރު
18 Apr 2026 | 09:09
ދެވަނަ ބުރަކަށް ދާން ޖެހުނު ވޯޓުތައް އަލުން ލާން ފަށައިފި

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އަލުން ވޯޓުލާންޖެހުނު ދާއިރާތަކުގެ ވޯޓުލުމުގެ މަސައްކަތް ފަށައިފިއެވެ.

 އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ އެކު، ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 8 ކުން ފެށިގެން 4 ޖެހުމާ ހަމަޔަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، އިތުރުބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށާއި، އިތުރުބުރުގައި ބެހެއްޓިފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން މިހާރުފެށިފައިވާކަމަށެވެ. 

އިންތިހާބުގައި 5 ދާއިރާއެއްގެ ވޯޓު އަލުން ނަގަން ޖެހުނެވެ. އެއީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ހދ.ނޭކުރެންދޫ، ލ.މާވަށު ކޮމިޓީގެ މެމްބަރުގެ މަގާމާއި ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަގާމެވެ. މީގެ އިތުރުން ދެން ހިމެނެނީ، ފުވައްމުލައް ދަޑިމަގު ދާއިރާއަށް ކައުްނސިލް މެމްބަރަކު ހޮވުމާއި، ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމެވެ. މި ދާއިރާތަކުގެ ވޯޓުނެގުމަށް މާލެއާއި އަތޮޅުތަކުގައި ޖުމްލަ 14 ފޮށި ވަނީ ބަހައްޓާފައެވެ. 

މީގެ ތެރެއިން މާލޭގައި ވޯޓުފޮށިތައް ތިން ސްކޫލެއްގައި ބަހައްޓާއިރު އޭގެ ތެރެއިން ފުވައްމުލަކް ދަނޑިމަގު ވޯޓުފޮށި ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލްގައެވެ. ކެލާ އަދި ދޮންފަނު ރައްޔިތުން ވޯޓުލާން ދާންޖެހެނީ ތާޖުއްދީން ސްކޫލަށެވެ. މާވަށާއި ނޭކުރެންދޫ ރައްޔިތުން ވޯޓުލާން ދާންޖެހެނީ ހިރިޔާ ސްކޫލަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ، 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. އެގޮތުން ވޯޓުލުމަށް މުޅި ރާއްޖޭގައި 582 ވޯޓު ފޮށި ބެހެއްޓިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.