މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރި ދައުވާއެއް: އާޒިމާ

11 Jul 2019 | 11:59

ރައީސް ޔާމީންގެ ލީގަލް އެެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަަކަކީ އެކަމަނާގެ ސިޔާސީ ހަޔާތް ދުއްވާލަން ކުރާާ ދައުވާއެއްކަަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އޮތް އެކަމަނާގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގަތުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ މިއީ އެކަމަނާގެ ސިޔާސީ ހަޔާތް ދުއްވާލައި، ދިރިއުޅުމަށް އުނދަގޫކޮށް އަދި އަބުރާއި އިއްޒަތް ނަގާލުމަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.

އާާޒިމާގެ މައްްޗަށް ތުހުމަތުކުރެވެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންްގް ކުރުމުގައި އެހީތެރިވިކަމުގެ ތުހުމަތެވެ.

އާޒިމާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަގާމެއްގައި ހުރެ ފޮނުވި ސިޓީއެއްގެ މައްޗަށް ދައުވާ ކުރަމުންދާއިރު ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލެރެންސަކީ ކޮބައިގެން ވަރަށް ސާފުކޮށް އިނގޭ ކަމަށާއި އަދުލު އިންސާފު ހިނގަނީ ވަކިބަޔަަކަށް އަމާޒުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބައެނގޭ އަދުލުއިންސާފުގެ ކަންކަން ދަނީ ކޮން ބަޔަކަށް ޓާގެޓް ކުރެވިގެން ކޮން އަމާޒަކަށް ކަންވެސް"، އާޒިމާާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement