އިންޑިއާގެ އާގު ބޯޓު---ފޮޓޯ: އެންޑީޓީވީ
ދުނިޔެ
18 Apr 2026 | 20:47
ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ ދެ އާގުބޯޓަކަށް އީރާނުން ހަމަލާދީފި

އިންޑިއާގެ ދެ އާގުބޯޓަކަށް ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން މިއަދު ބަޑީގެ ހަމަލާދީފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި ބޯޓުތަކަށް ގެއްލުމެއް ނުލިބޭ ކަމަށް މަސްދަރުތަކާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އެ ދެ ބޯޓު ވަނީ އޮމާނުގެ އިރުއުތުރުން އަނބުރާ ދާން މަޖުބޫރުވެފައެވެ.

ހަމަލާ އެރި އެއް ބޯޓަކީ ވީއެލްސީސީ ކެޓަގަރީގެ ބިޔަ ތެޔޮ ޓޭންކަރެކެވެ. އެ ޓޭންކަރުގައި ޢިރާޤުގެ ދެ މިލިއަން ފީފާ ތެޔޮ ހުރި ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ނިއު ދިއްލީން ވަނީ އީރާނުގެ ސަފީރު ހާޒިރުކޮށްފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އީރާނުގެ ސަފީރު ހާޒިރުކޮށްފައިވާ ކަމަށެވެ.

އީރާނުން އިއްޔެ ހޮރްމޫޒް ކަނޑުއޮޅި ބޯޓުފަހަރު ދަތުރުކުރުމަށް ހުޅުވާލާފައިވާ ކަމަށް އިޢުލާނުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބޯޓުފަހަރު އެ ކަނޑުއޮޅިން ދަތުރުކުރަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، ރައްދެއްގެ ގޮތުން އީރާނުން މިއަދު ވަނީ އެ ކަނޑުއޮޅި އަލުން ބަންދުކޮށްފައެވެ.

މީގެ ސަބަބުން ގިނަ ވިޔަފާރި ބޯޓުފަހަރަށް އެ ކަނޑުއޮޅިން ދަތުރުކުރުން ހުއްޓާލަން މަޖުބޫރުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.