ބާބުލް މަންދަބު ކަނޑުއޮޅި-
ދުނިޔެ
19 Apr 2026 | 09:33
އެމެރިކާއިން ޞުލްޙައަށް ހުރަސްއަޅާނަމަ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފާނެކަމުގެ އިންޒާރު ހޫޘީން ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޞުލްޙައަށް ހުރަސްއަޅާނަމަ، ޔަމަނުގެ އައްސޭރިފަށުގައި އޮންނަ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ބާބުލް މަންދަބު ބަންދުކޮށްފާނެކަމުގެ ވަރުގަދަ އިންޒާރެއް ޔަމަނުގެ ސަންޢާގައި އޮންނަ ހޫޘީ ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޙުސައިން އަލްޢިއްޒީ ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލްޢިއްޒީ ވިދާޅުވީ، ސަންޢާ އިން ބާބުލް މަންދަބު ބަންދުކުރުމަށް ނިންމައިފިނަމަ، އެތަން އަލުން ހުޅުވުމުގެ ”ބާރު އިންސާނުންނާއި ޖިންނީންނަށްވެސް ލިބިގެން ނުވާނެ“ ކަމަށެވެ. އަދި ޓްރަމްޕާއި އޭނާއަށް ވާގިވެރިވާ ފަރާތްތަކުން ޞުލްޙައަށް ހުރަސްއަޅާ ސިޔާސަތުތައް ވަގުތުން ހުއްޓާލައި، ޔަމަނުގެ ރައްޔިތުންނާއި އުންމަތުގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ބާބުލް މަންދަބަކީ ރަތްކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ސުއޭޒް ކަނަލްއަށް ދަތުރުކުރާ އުޅަނދުފަހަރުގެ މައިގަނޑު މަގެވެ. އެންމެ ހަނި ހިސާބުގައި 29 ކިލޯމީޓަރު (18 މޭލު) ހުންނަ މި ކަނޑުއޮޅިއަކީ މުޅި ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދެކެވެ. ޚާއްޞަކޮށް ޚަލީޖުގެ ޤައުމުތަކުން މެދުތެރޭ ކަނޑުގެ ސަރަޙައްދަށާއި، ރަޝިޔާއިން އޭޝިއާގެ ޤައުމުތަކަށް ތެޔޮ އެކްސްޕޯޓު ކުރުމުގައި މި މަގު ބޭނުންކުރެއެވެ.

މީގެ އިތުރުން، އީރާނުންވެސް ވަނީ އެމެރިކާއިން އެޤައުމުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނަނީސް ހޯރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް ބުނެފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚާތިބުޒާދާ ވިދާޅުވީ، އެމެރިކާއިން ގެންގުޅޭ ހަރުކަށި އުޞޫލުތައް ދޫކޮށްނުލާތީ، އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގެ އައު ބުރެއް ފެށުމަށް އަދި ތާރީޚެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.

ނަމަވެސް، ރައީސް ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކަށް އާދެވެންދެން ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށާއި، އީރާނުގެ ބިރުދެއްކުންތަކަށް ދޫނުދޭނެ ކަމަށް ބުނެފައެވެ.

މެދުއިރުމަތީގެ މަސްރަޙު މިހާ ބޮޑަށް ނުތަނަވަސްވެފައިވާއިރު، އިސްރާއީލުން ދަނީ ލުބުނާނުގައި އިޢުލާންކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އެޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް ޙަމަލާދެމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އެޤައުމުން މިހާރު ވަނީ ޣައްޒާގައިވެސް ހަދާފައިވާ ފަދަ "ޔެލޯ ލައިން" އެއް ލުބުނާނުގައިވެސް ކަނޑައަޅާފައެވެ.

މި ދަނޑިވަޅުގައި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ވަނީ ލުބުނާނުގައި ހަރަކާތްތެރިވި ފަރަންސޭސި ސުލްޙަ ބަލަހައްޓާ ސިފައިންގެ މީހަކު މަރުވި ޙަމަލާގެ ޒިންމާ ހިޒްބުاللهގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ހިޒްބުالله އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. މުޅި ސަރަޙައްދުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.