ޗެއާޕާސަން ކަމަށް ވާދަކުރައްވާ ތިން ބޭފުޅުން --
ރިޕޯޓް
20 Apr 2026 | 20:13
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު: ވާދަވެރިވާނެ، ފޯރިގަދަ ވާނެ

ކުރިއަށް އޮތީ އިދިކޮޅު އެމްޑީޕީއަށް ވަރަށް މުހިންމު އިންތިހާބެކެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ފޯރިގަދަ ކެމްޕެއިނެއް ފެށެން ދަނީ ތައްޔާރުވަމުންނެވެ. އެއީ ޕާޓީގެ އިދާރީ އެންމެ އިސް މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެހެން ކަމުން ވަގުތީ ޗެއާޕާސަނެއް ވަނީ އިންތިހާބު ކޮށްފަ އެވެ. މަގާމުގެ މުހިންމު ކަމުގެ ސަބަބުން ވަގުތީ ޗެއާޕާސަނެއް ވެސް އައްޔަނު ކުރުން ވެގެންދިޔައީ ބޮޑު ހަނގުރާމައަކަށެވެ. އެކަމަށްޓަކައި ފުރަތަމަ ބޭއްވުނު ބައްދަލްވުން ނިމުނީ ބޮޑު އަރައިރުމަކުންނެވެ.

ފަހުން އޮތް ބައްދަލްވުމެއްގައި އެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އިންތިހާބު ކޮށްފަ އެވެ. ނަމަވެސް ދާއިމީ ޗެއާޕާސަނެއް އައްޔަނު ކުރެވެންދެން ވެސް އެމްޑީޕީގެ އެތެރޭގެ ހަމަޖެހުން ހިފެހެއްޓޭ ގޮތެއް ނުވި އެވެ. ޣަފޫރު ނިންމެވި ބައެއް ނިންމުންތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭން ދިމާވި އެވެ. އެހެން ކަމުން މަޖުބޫރީ ހާލަތުގައި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި އެވެ.

އެމްޑީޕީ ހިންގުމަށް އެކުލަވާލި ވަގުތީ ކޮމެޓީ --

މިހާރު އޮތީ ޕާޓީގެ ހިންގުން ވަގުތީ ކޮމެޓީއަކާއި ހަވާލުކޮށްފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކޮންޓްރޯލް ވެސް އޮންނަ ގޮތަށެވެ. އެއީ ޗެއާޕާސަންގެ އިންތިހާބާ ހަމައަށް ޕާޓީ ބައިބައިނުވެ އޮތުމަށް ކޮންމެހެން އަޅަން ޖެހިގެން އެޅި ފިޔަވަޅެކެވެ.

ވާދަވެރިކަން ބޮޑުވާނެ، މިހާރުވެސް ތިން ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ބޮޑު ވާދަވެރި ކަމެއް އޮންނާނެ ކަމަށް ބެލެވެ އެވެ. މިހާރުވެސް އެ މަގާމަށް ތިން ކެންޑިޑޭޓަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އިއްޔެ ވަނީ އެކަން އިއުލާނު ކުރައްވާފަ އެވެ. އަދި މިއަދު އެ ނިންމެވުންް ރަސްމީ ކުރައްވާ އާންމު މެންބަރުންގެ ތާއީދަށް ވަނީ އެދިވަޑައިގެންފަ އެވެ. އެއާއެކު އަތޮޅުތެރޭގެ ދަތުރުތައް ވަގުތުން ވަނީ ފައްޓަވާފަ އެވެ.

މި އިންތިހާބަށް ނަޝީދު, ވަރުގަދަ ކެމްޕެއިނެއް ހިންގަވާނެ ކަމަށް ބެލެވެ އެވެ.

ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ ބޭފުޅަކީ މެންބަރު މީކާއީލް ނަސީމެވެ. ވަގުތީ ގޮތުން ޗެއާޕާސަނެއް އިންތިހާބު ކުރުމަށް ކުރެވުނު މަސައްކަތުގައި ވެސް އެ ރޭހަށް ނިކުންނަވަން މީކާއީލް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެކަން އޭރު ކާމިޔާބުވާ ގޮތް ނުވީ އެވެ.

އެމްޑީޕީ "ރޫޅާނުލައްވާނެ" ކަމުގެ ވައުދާއެކު މީކާއީލް އިންތިހާބަށް ނިކުންނަވަނީ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ވެސް ގޮވާލަމުންނެވެ. އޭނާގެ ފަރާތުން ވެސް ފުޅާ ކެމްޕެއިނެއް މި އިންތިހާބަށް ފެންނާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވެސް ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. އަލްހާނަށް އެެމްޑީޕީގެ ތެރޭގައި ބޮޑު ތާއީދެއް ހޯދިދާނެތޯ އެއީ ސުވާލެކެވެ. އެކަމަކު އެއީ ސިޔާސީ މައިދާނުން އެރި އަލިގަދަ ތަރިއެކެވެ. އެއީ ބުންވަރާއި ޖޯޝު ވަރުގަދަ ޒުވާނެކެވެ. އެކަނިވިޔަސް ވަރުގަދަ ކެމްޕެއިނެއް ހިންގާފާނެ ކަން ކުރީން ވެސް ސާބިތުކޮށްދީފައިވާ ބޭފުޅެކެވެ.

އެެހެން ކަމުން ގިނަ ބަޔަކު ބައިވެރިވާ ރެލީތަކާއި ޖަލްސާތަކާއި އެއްވުންތައް ނުބޭއްވުނު ނަމަވެސް ޝައުގުވެރި ކެމްޕެއިނެއް އަލްހާން ވެސް ހިންގަވާނެ ކަމަށް ބެލެވެ އެވެ.

ކުރީގެ ދެ ޗެއާޕާސަނުންގެ ތާއީދު ނަޝީދަށް، ސޯލިހްގެ ތާއީދު ކޮން ބޭފުޅަކަށް

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން މިހާރުވެސް ގާތްގަނޑަކަށް ވަނީ ފެށިފަ އެވެ. ކެންޑިޑޭޓުން މިހާރު ވެސްް ވަނީ އެ ބޭފުޅުންގެ ތަސައްވުރު ހިއްސާކުރަން ފައްޓަވާފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި ކުރީގެ ދެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒް އިސްމާއީލް އާއި މާރިޔާ އަހްމަދު ދީދީގެ ތާއީދު އޮތީ ރައީސް ނަޝީދަށެވެ. އެކަން ފައްޔަ އާއި މާރި ވަނީ ހާމަކުރައްވާފަ އެވެ. މިހާރުވެސް އެ ދެ ބޭފުޅުން ތިއްބެވީ ރައީސް ނަޝީދާއެކު ކެމްޕެެއިން ދަތުރެއްގަ އެވެ. އަދި ރައީސް ސޯލިހްގެ ކެބިނެޓް ބައެއް ވަޒީރުންނާއި އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުންގެ ފުރިހަމަ ތާއީދު ވެސް އޮތީ ނަޝީދަށެވެ.

އިންތިހާބުގައި އެންމެ ޝައުގުވެރި ނިންމުމަކަށް ވާނީ ރައީސް ސޯލިހްގެ ނިންމެވުމެވެ. މީގެ ކުރީ ބައެއް އިންތިހާބުތަކުގައި ރައީސް ސޯލިހް އިހްތިޔާރު ކުރެއްވީ ވަކިކޮޅެއް ނުނެންގެވުމުގެ ސިޔާސަތެވެ. ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަރިސް ބައެއް ބޭފުޅުން ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ކެމްޕެއިން ހިންގެވި އެވެ. އެންމެ ފަހުން އޮތް މާލެ ސިޓީގެ މޭޔަރު ޓިކެޓް ދިނުމުގެ އިންތިހާބުގައި ކަން ހިނގީ އެ މަގުންނެވެ.

ނަމަވެސް މި ފަހަރު އެކަން ތަފާތު ވުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ރައީސް ސޯލިހަށް ވެސް ވަރަށް މުހިންމު އިންތިހާބެކެވެ. އެމަނިކުފާނުގެ ބާރާއި ނުފޫޒު އެމްޑީޕީގައި ދެމެހެއްޓުމަށް އެމަނިކުފާނުގެ ވަފާތެރިއަކު ޗެއާޕާސަންގެ މަގާމަށް ވަޑައިގަތުން ވަރަށް މުހިންމެވެ. ސުވާލަކީ ރައީސް ސޯލިހްގެ ތާއީދު އޮންނާނީ ކޮން ބޭފުޅަކަށްތޯ އެވެ.

ހިޔާލުތަފާތުވި ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ

ބޮޑަށް ބުރަވެވެނީ ރައީސް ސޯލިހްގެ ތާއީދު އޮންނާނީ މީކާއީލަށް ކަމަށެވެ. އެމަނިކުފާނު ކޮޅެއް ނުނެންގެވިޔަސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ނަންގަވާ ކޮޅަކުން އެކަން ސާފުވާނެ އެވެ.

ކޮންމެއަކަށް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. ބޮޑެތި ރެލީތަކާއެކު ތާއީދު ހޯދުމަށް ފޯރިގަދަ ކެމްޕެއިނެއް ހުރިހާ ކެންޑިޑޭޓުން ވެސް ހިންގާނެ ކަމަށް ބެލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.