ނާޒިމް މަޖިލީހުގެ ރިޔާސަތުގައި... ފޮޓޯ: މަޖިލިސް
ހަބަރު
21 Apr 2026 | 15:01
ރައްޔިތުން މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ އަދި އެންމެ މުހިންމު ދެ ކޮމިޓީން މަޖިލީހުގެ ނައިބުރައީސްކަންވެސް ކުރައްވަމުން ގެންދަވާ އަހުމަދު ނާޒިމް މިއަދު ވަކިކޮށްފިއެވެ.

ޕީއެންސީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވަކިކޮށްފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. މާލިއްޔަު ކޮމިޓީން ނާޒިމް ވަކިކުރެއްވުމާއެކު އޭނާގެ ބަދަލުގައި ކޮމިޓީއަށް ނަގާފައިވަނީ، މައްޗަންގޯޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ސަމީރެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ނަގާފައިވަނީ، ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ އެވެ.

ނަާޒިމް މާލިއްޔަތު ކޮމިޓީން ވަކިކުރެއްވިއިރު، އޭނާގެ މަޖިލީހުގެ މެމްބަރުކަމުގައި މިހާތަނަށް ހޭދަކުރެއްވިއިރު، މާލިއްޔަތު ކޮމިޓީއަކީ އޭނާއަށް ވަރަށް ހާއްސަ ކޮމިޓީއެކެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގައި އެންމެ އުފެއްދުންތެރިކަމާއެކު ވާހަކަދައްކަވާ އެއް ބޭފުޅަކީވެސް ނާޒިމްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. 

މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން ނާޒިމް ވަކިކުރި ސަބަބެއްކަމަށް ބައެއް މީޑިއާތަކުގައި ނާޒިމް ވިދާޅުވެފައިވަނީ، ކޮމިޓީއަށް އެކަށީގެންވާ ގޮތެއްގައި ވަގުތު ނުދެވޭތީއެވެ. އެގޮތުން ރަސްމީ ކަންކަމާއި، އަދި އަމިއްލަ ބައެއް ކަންކަމުގައި ރާއްޖެއިން ބޭރުގައި ގިނައިން އުޅެންޖެހޭކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކުރެއްވިއިރު އޭނާ ދެން ހިމެނިވަޑައިގަންނަވަނީ، އެސްއޯއީތަކާ ބެހޭ ކޮމިޓީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.