ރައީސް ނަޝީދު؛ ފޮޓޯ / ވޮއިސް
ހަބަރު
23 Apr 2026 | 11:16
ވަގުތު ކުޑަކުރީ އިތުރު މީހުން ޕާޓީއަށް ވަނުމަށް ހުރަސްއަޅަން؛ އެއީ ދެރަކަމެއް: ރައީސް ނަޝީދު

ޕާޓީގެ ވަގުތީ ބެލެނިވެރިން އިތުރު މީހުން ޕާޓީއަށް ވަނުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ވަގުތު ކުޑަކުރިކަމަށް ވިދާޅުވެ، އެއީ ވަރަށް ދެރަ އަދި ހިތާމަވެރި ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މިއަދު އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވާހަކަ ދައްކާ ވީޑިއޯ

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބަށް ވޯޓުލެވޭނީ ރޭ 12 ގެ ކުރިން ޕާޓީއާށް ވަންނަ މީހުންނަށް ކަމަށް އެމްޑީޕީގެ ވަގުތީ ލީޑަރޝިޕުން އިއުލާން ކުރުމުން، އިއްޔެ ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން އެ ޕާޓީއާއި ގުޅިފައެވެ.

އެގޮތުން، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އިއްޔެ ވަނީ 10،000 އާއި ގާތް އަދަދަކަށް މީހުން ގުޅިފައެވެ. ނަމަވެސް، އެހާ ކުރު މުއްދަތެއް ދިނުމުން ރައީސް ނަޝީދު ވަނީ، އެއީ ވަރަށް ހިތާމަވެރި އަދި ދެރަ ކަމެއް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވިގޮތުގައި ޕާޓީގެ އެތެރޭގައި ވާދަވެރި އިންތިޚާބުތައް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމެވެ. އަދި ރައީސް ނަޝީދު ވަނީ އިއްޔެ އެމްޑީޕީއާއި އަލަށް ގުޅުނު ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އާއި ފައްޔާޒު އިސްމާއިލް ގުޅިގެން ވަނީ މި ހަފުތާގެ ކުރީކޮޅު "ބޮޑު ބަދަލު" ގެ ނަމުން ހުށެހެޅުމެއް ހުށަހަޅަން ނިންމަވާފައިވާކަން އިއުލާންކޮށްފައެވެ. މި ހުށެހެޅުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވާ ހުށެހެޅުމެކެވެ. އެގޮތުން، ރާއްޖޭގައި ވެރިކަން ކުރާ ނިޒާމައްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން މި ހުށެހެޅުމުގައި ހިމެނިފައިވެއެވެ. ރައީސް ނަޝީދު އާއި ފައްޔާޟު އިސްމާއީލް ވިދާޅުވާ ގޮތުގައި، މި ހުށެހެޅުމުގެ ބޭނުމަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުމެވެ. އަދި މި ހުށެހެޅުމުގައި ސަރުކާރުގެ އިސްވެރިޔެއްގެ އިތުރުން ދައުލަތުގެ އިސްވެރިޔަކު ހިމެނިވަޑައިގަންނަވައެވެ.

އެގޮތުން، ރައީސް ނަޝީދު ވަނީ ދައުލަތުގެ އިސްވެރިޔެއްގެ މަގާމު އަދާ ކުރުމަށް ޝައުގުވެރިކަން ފައުޅުކުރައްވާ، ކުރިއަތް އޮތް ރިޔާސީ އިންތިޚާބުގައި ފައްޔާޟު އިސްމާއިލަށް ތާއިދުކުރައްވަން ނިންމަވާފައިވާކަން އިއުލާންކޮށްފައެވެ. 

ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާއިރު، ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހްމީއާއި މިހާރުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލީސް މެންބަރެއް ކަމުގައިވާ މީކާއިލް އަޙްމަދު ނަސީމް ވެސް ވާދަކުރައްވާނެއެވެ.

އިއްޔެ އެމްޑީޕީއާއި އަލަށް ގުޅުނު މެންބަރުންނާއި އެކު އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 50،000 މީހުންނާއި ގާތްކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.